އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތް ދޭކަށް 91 އަހަރުފުރުން ފާހަގަކޮށްފިއެވެ.
އެކަމަނާގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ލަންޑަންގައި ހުންނަ ވިންޑްސޯރް ކާސަލްގައި ކުޑަކުދިންތަކެއްވަނީ ކުދިކުދި ކެނޮންސްތަކެއް ބޭނުންކޮށްގެ އެކަމަނާއަށް 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.
ކުއީން އެލިޒެބަތް، އެކަމަނާގެ އުފަންދުވަސް ފާހަގަކުރުމަށް އާއިލާއާއެކު ވަޑައިގެންނެވީ އެކަމަނާ އެންމެ ގަޔާވާ ކުޅިވަރު ކަމުގައިވާ އަސް ރޭސް ބައްލާވާލެއްވުމަށް ނިއުބަރީ ރޭސްކޯސްއަށެވެ. އެ ރޭސް ބައްލަވާލެއްވުމަށް އެކަމަނާއާއެކު ރޯޔަލް ޕްރިންސެސް އޭނީ ބައިވެރިވިއެވެ.
އޭގެ އިތުރުން އެކަމަނާގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ރަސްމީ ހަރަކާތްތަކެއްވެސް އިއްޔެ މެންދުރުފަހު ލަންޑަންގައި ހުންނަ ރަނީގެ ގަނޑުވަރު، ބަކިންގުހަމް ޕެލެސްގެ ކުރިމަތީގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ސިފައިންވަނީ ރޯޔަލް ހޯސް އާޓީލެރީގެ ހޯސް ރައިޑްއަކާއި ގަން ކެރިއޭޖެއެއް ދައްކާލާފައިވެއެވެ. ހައިޑޭ ޕާކުގައި އެކަމަނާއަށް 41 ބަޑީގެ ސަލާމެއް އަރުވާފައިވާއިރު، ޓަވާ އޮފް ލަންޑަންގައި 62 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ.
ގަނޑުވަރުގެ ބޭރުގައި އޮތް ގާރޑްސް ސެރެމޮނީގައި ގާޑްސްމެންގެ ބޭންޑުންވަނީ ރާނީއަށް އުފަންދުވަހުގެ މަރުޙަބާ ދެއްނެވުމުގެ ގޮތުން "ހެޕީ ބާތް ޑޭ" ލަވަ ކުޅެދީފައެވެ.
ކުއީން އެލިޒެބަތް ދޭއް އަކީ އިނގެރޭސިވިލާތުގެ ރަސްކަމުގެ ތަހުތުގައި އެންމެ ގިނަ ދުވަސް ވަންދެން އިންނެވި ބޭފުޅާއެވެ. އެކަމަނާ ތަހުތައް އިސްކުރެވުނީ 1952 ވަނަ އަހަރުގެ ފެބްރުއަރީ ދޭއް ގައިއެވެ.
ތައިލެންޑުގެ ރަސްގެފާނު ކިންގު ބުމިބޮލް މިދިޔަ އަހަރު އަވަހާރަ ވުމާއި އެކު އެކަމަނާއަކީ މިހާރު ދުނިޔޭގައި ރަސްކަމެއްގެ ތަހުތެއްގައި ހުރި އެންމެ ގިނަ ދުވަސްވީ ބޭފުޅާއެވެ.
(އީސްޓް ބޭ ޓައިމްސް)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް