ބޮލީވުޑްގެ ތަރި ސައިފް އަލީ ހާންގެ ކޮއްކޮ އަދި އެކްޓަރު ސޯހާ އަލީ ހާން އާއި ފިރިމީހާ ކުނާލް ކެންމޫއަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ.
އެ ދެމަފިރިންނަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާނުކޮށްފައި މިވަނީ ކުނާލް އާއި ސޯހާގެ މެދުގައި މައްސަލަ ޖެހި ވަރިވާން އުޅޭ ކަމުގެ އަޑު މިދިޔަ އަހަރު ފެތުރިފައި ވަނިކޮށެވެ. އެކަމަކު އެވާހަކަތައް ޓުވިޓާ މެދުވެރިކޮށް ކުނާލް ވަނީ އޭރު ދޮގުކޮށްފައި އެވެ.
އެ ދެމަފިރިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ފުރަތަމަ ދަރިފުޅު ލިބޭނެ ކަމަށް އުންމީދު ކުރަނީ މިއަހަރު ފަހުކޮޅު ކަމަށެވެ. އެކަމަކު ދަރިފުޅު ލިބޭނެ މަހެއް ހާމައެއް ނުކުރެ އެވެ.
ދެމަފިރިންނާއި ދެ ފަރާތު އާއިލާ ތިބީ އުފަލުން ކަމަށް ބުނެފައިވެ އެވެ. އަދި ހާއްސަކޮށް ސައިފް އާއި ސޯހާ ނިސްބަތްވާ ޕަތައުޑީ އާއިލާއަށް އިތުރު މެންބަރަކު އަންނަން އުޅޭތީ އެންމެންވެސް ތިބީ އުފަލުން ކަމަށް ބުނެފައިވެ އެވެ.
އެ އާއިލާއަށް އެންމެ ފަހުން އިތުރުވީ ސައިފް އާއި ކަރީނާ ކަޕޫރަށް ލިބުނު ފުރަތަމަ ދަރިފުޅު ތައިމޫރެވެ.
ސޯހާ އާއި ކުނާލް ކައިވެނި ކުރީ 2015 ވަނަ އަހަރު ބޭއްވި ކުޑަ ހަފްލާއެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް