ޓައިމްސް މެގަޒިންއިން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ މިއަހަރު ލިސްޓު ނެރެފިއެވެ.
އެންމެ ނުފޫޒުގަދަ 100 މީހުންގެ މި ލިސްޓުގައި މިއުޒީޝަނުންނާއި، އާޓިސްޓުންނާއި، ކުޅިވަރު ކުޅޭ މަޝްޙޫރު ފަރާތްތަކާއި އަދި ސިޔާސީ ލީޑަރުންވެސް ހިމެނެއެވެ.
އެ ލިސްޓުގައި ހިމެނުނު މިއުޒީޝަނުންގެ ތެރޭގައި މަޤުބޫލު ލަވަކިޔުންތެރިން ކަމުގައިވާ އޮސްކާ ވިނާ ޖޯން ލެޖެންޑް، އެޑް ޝީރަން، އަދި ޑެމީ ލަވާޓޯ ހިމެނެއެވެ.
އާރޓިސްޓުންގެ ތެރެއިން މަޝްޙޫރު އެކްޓަރުން ކަމުގައިވާ ރޯގް ވަންގެ އެކްޓާރ ރިޒް އަޙްމަދު، އޮސްކާ ވިނާ ވައޯލާ ޑާވިސް، އެމާ ސްޓޯން، އަދި ރިޔާން ރިނޯލްޑްސް ހިމެނެއެވެ.
ބާސެލޯނާ އެފްސީގެ ފުޓުބޯޅަ ކުޅުންތެރިޔާ ނޭމާ، އަދި ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ލެބްރޯ ޖޭމްވެސް އެ ލިސްޓުގައި ހިމެނެއެވެ.
އޭގެ އިތުރުން ދުނިޔޭގައި ނަން ހިންގާ ބޮޑެތި ސިޔާސީ ލީޑަރުން ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އުތުރު ކޮރެއާގެ ރާއީސް ކިމް ޖޮން އުން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތްރޭސާ މޭއި، އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް