އައްޑޫން ފަސް ފޫޓުގެ ހަރުފައެއް ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫ ގެއަކުން ފަސް ފޫޓް ހަތް އިންޗީގެ ހަރުފައެއް ފެނިއްޖެއެވެ. ފުލުހުން ބުނީ މި ހަރުފަ ފެނިފައި ވަނީ މިރޭ 21:30 ހާއިރު އައްޑޫ ސިޓީ ހިތަދޫ، ސިވާރުގޭ ގޯތިތެރެއިން ކަމަށެވެ އެގޭ ގޯތިތެރޭގައ...

22 Apr 2015 | 17:44

އައްޑޫ ސިޓީ ހިތަދޫ ގެއަކުން ފަސް ފޫޓް ހަތް އިންޗީގެ ހަރުފައެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ މި ހަރުފަ ފެނިފައި ވަނީ މިރޭ 21:30 ހާއިރު އައްޑޫ ސިޓީ ހިތަދޫ، ސިވާރުގޭ ގޯތިތެރެއިން ކަމަށެވެ

އެގޭ ގޯތިތެރޭގައި ހަރުފައެއް އޮތް ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް މަޢުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަޙައްދަށް ގޮސް އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު ހަރުފަ ހިފައި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ހަރުފަ އެއް ފެނުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުމާއެކު އެސަރަޙައްދަށް ފުލުހުންނާއި ސިފައިން ދިޔައިރު ހަރުފަ ވަނީ މަރުވެފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް