ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހަކަށް އިންޒާރުދީ މާރާމާރީ ހިންގި 17 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ޑިއުޓީ އަދާކުރަމުން ދިޔަ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހަކަށް އިންޒާރުދީ މަރާމާރީ ހިންގި މައްސަލައާ ގުޅިގެން މިއަދު 14:00 ހާއިރު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުއްޖާ އަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 81 ފަހަރު ސުވާލުކޮށް 10 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 04 ފަހަރު ހައްޔަރުކޮށްފައިވާ ކުއްޖެއް ކަމަށާއި އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ 02 މައްސަލައެއްގެ ތަޙުޤީޤު ނިންމުމަށްފަހު ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން އެ ކުއްޖާ އަކީ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ މައްސަލަތަކާއި ކުޑަކުދިން ރަހީނު ކުރުމުގެ މައްސަލައެއްގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ކުއްޖެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް