ސައިކަލުގެ ޑިއުޓީ ކުޑަކޮށް އަންނައުނުން ޑިއުޓީ ނުނަގަން ފާސްކޮށްފި

ސައިކަލާއި ފޭރާމުން ނަގަމުން އަންނަ ޑިއުޓީ ކުޑަކޮށް، މި މަހުން ފެށިގެން އެ ބާވަތްތަކުން ބޮޑުކޮށްފައިވާ ޑިއުޓީ އަބުރާ ރުޖޫއަ ކުރަންޖެހޭ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އިންޕޯޓް...

22 Apr 2015 | 09:50

ސައިކަލާއި ފޭރާމުން ނަގަމުން އަންނަ ޑިއުޓީ ކުޑަކޮށް، މި މަހުން ފެށިގެން އެ ބާވަތްތަކުން ބޮޑުކޮށްފައިވާ ޑިއުޓީ އަބުރާ ރުޖޫއަ ކުރަންޖެހޭ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިންޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އިއްތިފާގުންނެވެ.

މި މަހުން ފެށިގެން ސައިކަލުން 150 ޕަސެންޓަށް ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ. ކުރިން ޑިއުޓީ ނަގަމުން އައީ 100 ޕަސެންޓުގަ އެވެ.

ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗިހީގެ ތެރެއިން ކާރު، ޖީޕް، ވޭން، އޮޓޯ ސައިކަލާއި މޮޓޯ ސައިކަލް ފިޔަވައި އެހެން އުޅަނދުތަކުން 150 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެ ބިލްގައިވެ އެވެ.

އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުން 150 ޕަސެންޓުގެ ޑިއުޓީއެއް ނަގާ ގޮތަށް ކުރިން ފާސްކޮށްފައި އޮތްނަމަވެސް، ބިލްގައި ވަނީ އެ އަދަދު 100 ޕަސެންޓަށް ތިރިކޮށްފަ އެވެ.

އެ ބިލްގައި ވަނީ ނިޓްކޮށްފައި ނުވަތަ ކްރޯޝޭ ކޮށްފައި ހުންނަ ތައްޔާރީ ހެދުމާއި ހެދުން އެޅުމުގައި ބޭނުންކުރާ އެއްޗިހިން އެއްވެސް ޑިއުޓީއެއް ނުނަގާނެ ކަމަށެވެ.

އިމްޕޯޓު އެކްސްޕޯޓު ގާނޫނާށް ގެނައި އިސްލާހަށް މިމަހުގެ އެކަކުން ފެށިގެން އަމަލު ކުރަން ފެށުމުން ކަސްޓަމްސްއިން ބުނެފައިވަނީ އަންނައުނާއި ސައިކަލުން ނަގާ ޑިއުޓީ ކުރިން ހުރިވަރަށް ރުޖޫއަކުރަން ސަރުކާރުން ހުށަހަޅާފައިވާތީ އެގޮތަށް ފާސްވެއްޖެ ނަމަ ބިލް ތަސްދީގު ކުރާ ދުވަހާއި ހަމައަށް އެ ބާވަތްތަކުން ޑިއުޓީ ނަގާފައިވާ ފަރާތްތަކަށް އނބުރާ އެ ފައިސާ ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް