އަންނަ މަހު 25 ގައި ނައިޓް މާކެޓް ފަށަނީ

ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބާއްވާ ނައިޓް މާކެޓް އަންނަ މަހު 25 ގައި ފަށާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ. އެ ޖަމިއްޔާއިން ބުނީ ނައިޓް މާކެޓުގައި ވިއްކަން ކަނޑައެޅި 500 މޭޒު ވިކިފައިވާ ކަަމަށެވ...

22 Apr 2015 | 09:35

ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބާއްވާ ނައިޓް މާކެޓް އަންނަ މަހު 25 ގައި ފަށާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

އެ ޖަމިއްޔާއިން ބުނީ ނައިޓް މާކެޓުގައި ވިއްކަން ކަނޑައެޅި 500 މޭޒު ވިކިފައިވާ ކަަމަށެވެ.

މިހާރު ކުރިޔަށް ދަނީ މާކެޓްގައި ކާބޯތަކެތި ވިއްކުމަށް އިތުރު ދެ ފަރާތެއް ހޯދުމުގެ މަސައްކަތް ކަމަށާއި އެކަމަށް މިހާރު ބިޑަށް ހުޅުވާލާފައިވާ ކަމަށެވެ. އެއީ ކުރިން ބިޑަށް ހުޅުވާލުމުން ކާމިޔާބު ކުރި ތިން ފަރާތުގެ ތެރެއިން ދެ ފަރާތެއް ފައިސާ ނުދައްކާތީ އަލުން ދެ ފަރާތެއް ހޯދުމަށް ބިޑަށް ލާންޖެހުނީކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މި ފަހަރުވެސް ނައިޓް މާކެޓްގެ މޭޒުތައް ބަހައްޓާފައި ހުންނާނީ ޓަސްކާލޫސާ އިން ފެށިގެން އެސްޓީއޯ ޕެޓްރޯލް ޝެޑާ ހަމައަށެވެ. ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ން ޖޫން 10 ގެ ނިޔަލަށެވެ.

އެހެން އަހަރުތަކާއި ތަފާތު ކަންތައްތަކެއް ކުރިޔަށް ގެންދަން ނިންމާފައި ވާއިރު މިއަހަރުގެ މާކެޓެއްގައި މިނިވަން 50 ފާހަގަކުރުމަށް ވެސް ހަރަކާތްތައްކެއް ކުރިޔަށް ގެންދަން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ދަނީ ރާވަމުންނެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ އިން އަމިއްލަ އަށް އިސްނަގައިގެން އަހަރުތަކެއް ވަންދެން ބާއްވަމުން އައި ނައިޓް މާކެޓް ފާއިތުވި ދެ އަހަރު ބާއްވާފައި ވަނީ މާލެ ސިޓީ ކައުންސިލުން އެ މާކެޓް ބޭއްވުމަށް ހުއްދަ ދީފައިވާ ގޯމީޑިއާ އިންނެވެ. ނަމަވެސް އެ ހުއްދަ ދިނުމުގެ ކަންތައްތައް އިކޮނިމިކް މިނިސްޓްރީ އިން އަލުން ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާއާ ހަވާލުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް