ދިއްގަރު ދާއިރާގެ ޓިކެޓަށް އެދުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

ރައްޔިތުންގެމަޖިލިސް މ ދިއްގަރު ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެމްޑީޕީގެ...

22 Apr 2015 | 08:28

ރައްޔިތުންގެމަޖިލިސް މ ދިއްގަރު ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެމްޑީޕީގެ ޓިކެޓަށް އެދުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި އެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ވާދަކުރުމުގެ ޝަރުޠު ފުރިހަމަވާ މެންބަރުން 26 އޭޕްރިލް 2015 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަން ކޮމިޝަނަށް ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމައްފަހު މިކަމަށްއެދޭ ފޯމް ފުރިހަމަކޮށް އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ[email protected] އަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި އެމްޑީޕީ އޮފީހުން ދޫކުރާނެ ކަމަށާއި އަދި މިފޯމު އެމްޑީޕީގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން ޑައުންލޯޑްކުރެވޭނެ ކަމަށާއި މިޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ މެންބަރުން އިލެކްޝަންކޮމިޝަންއަށް ހުށަހަޅަންޖެހޭ ކުށުގެރިކޯޑު ސާފުކޮށް ނިންމުމަށް ދަންނަވާކަމަށްވެސް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން އިތުރަށް ބުނީ މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ، އެއްބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، ލޯކަލް ކައުންސިލް އިންތިޚާބުގެ މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓުން ކަނޑައަޅާނީ 27 އޭޕްރިލް 2015 ވާ ހޯމަ ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް