މާލެއާއި އަތޮޅު ތެރޭގައި ހޭންޑް ފުޓް އެންޑް މައުތް ބަލި ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިބަލި އާންމުކޮށް ޖެހެނީ އުމުރުން އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ކުދިންނަށް ކަމަށެވެ. އެހެންވެ އެ އެޖެންސީން ވަނީ ޕްރީސްކޫލު ތަކުގައި ކިޔަވާ ކުދިންނާއި ސުކޫލު ތަކުގެ ގްރޭޑު އެކެއް އަދި ދޭއްގައި ކިޔަވާ ކުދިންގެ އިތުރުން ތުއްތު ކުދިންގެ މެދުގައި މިބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ނަމަވެސް ބަލި އެންމެ ބޮޑަށް ފެތުރެނީ ކޮން ރާއްޖޭގެ ކޮން ހިސާބުތަކެއްގައި ކަމެއް އެޗްޕީއޭއަކުން ނުބުނެ އެވެ.
ހޭންޑް ފުޓް އެންޑް މައުތް ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލި ފެތުރެނީ ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ނަޖިސް އަދި ހަމުގެގައި ނަގާ ފޮޅުން ނިކުންނަ ދިޔަ އެހެން ކުއްޖެއްގެ ގައިގަ ޖެހުމުންނެވެ. މި ބަލިޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމަތް ތަކަކީ ހުން އައުމާއި ކާހިތް ނުވުމާއި ވަރުބަލިވުމާއި އަދި ގައިގަ ރިއްސުމާއެކު ކަރުތެރެ ފާރުވުން ފަދަ ކަންކަން ކަމުގައި އެޗްޕީއޭ އިން ބުނެއެވެ.
މިބަލި ފެތުރިގެން ހިނގައިދާނެތީ ރައްކާތެރިވުމުގެ ގޮތުން ބައެއް ކަންކަމަށް ސަމާލުވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ބަލި ޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުމާއި، ބަލިޖެހިފައިވާ ކުދިން ގޭގައި އުޅޭ އެހެން ކުދިންނާއި ވަކިން ރަނގަޅަށް ބެލެހެއްޓުމާއި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަަށް ނުގެންދިޔުމަށޤ އިލްތިމާސްކޮށްފައިވެ އެވެ.
އޭގެ އިތުރުން ބަލި ޖެހިފައިވާ ކުދިން ގެންގުޅޭ ތުވާލި، ތަށި އަދި ކުޅޭ ތަކެތި ރަނގަޅަށް ދޮވެ ސާފުކޮށްގެން ނޫނީ އެހެން ކުދިން ބޭނުން ނުކުރުމަށާއި، ކުދިންގެ ސާފުތާހިރުކަމާއި އެކުދިން އުޅޭ މާހައުލުގެ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެޗްޕީއޭ އިންވަނީ އިލްތިމާސްކޮށްފައެވެ.
ހޭންޑް ފުޓް އެންޑް މައުތު ބައްޔަކީ ކޮންމެ އަހަރަކުވެސް މިި ދުވަސްވަރު ރާއްޔެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް