ޗެކްރިޕަބްލިކަށް އެކްސްޕޯޓްކުރާ ފަރުމަހަށް ހެލްތު ސެޓްފިކެޓް ދޫކުރަން ފަށައިފި

އިރުމަތީ ޔޫރަޕްގެ ގައުމެއްކަމަށްވާ ޗެކްރިޕަބްލިކަށް ދިވެހި ރާއްޖެ އިން އެކްސްޕޯޓްކުރާ ފަރުމަހަށް ހެލްތު ސެޓްފިކެޓް ސޫކުރަން ހެލްތު މިނިސްޓްރީ އިން ނިންމައިފި އެވެ. ހެލްތު މިނިސްޓްރީން ބުނީ ހެލްތް ސެޓި...

22 Apr 2015 | 05:20

އިރުމަތީ ޔޫރަޕްގެ ގައުމެއްކަމަށްވާ ޗެކްރިޕަބްލިކަށް ދިވެހި ރާއްޖެ އިން އެކްސްޕޯޓްކުރާ ފަރުމަހަށް ހެލްތު ސެޓްފިކެޓް ސޫކުރަން ހެލްތު މިނިސްޓްރީ އިން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ހެލްތް ސެޓިފިކެޓް ދޫކުރަން ނިންމީ އެ ގައުމަށް ރާއްޖެ އިން އެކްސްޕޯޓްކުރާ ފަރުމަހުގެ ބާވަތްތަކަށް "ސިގުއަރެޓާ" ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް އެގައުމުގެ ސްޓޭޓް ވެޓެރިނަރީ އެޑްމިނިސްޓްރޭޝަނުން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ސެޓްފިކެޓް ދޫކުރުމުގެ ކަންކަން މިއަދުން ފެށިގެން ކުރިޔަށް ދާނެ ކަމަށެވެ.

އެ އިންތިޒާމް ހަމަޖައްސާފައިވަނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަޕޯޓުގައި ހުންނަ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހެލްތު ސެޓްފިކޭޝަން ޔުނިޓުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް