ލުބުނާނާ ވީ ފަޅިން އިސްރާއީލަށް ރޮކެޓު ހަމަލަތަކެއް އަމާޒުވެއްޖެއެވެ.
އިސްރާއީލުން މިއަދު ބުނެފައިވަނީ ލުބުނާނާ ވީ ފަޅިން އެ ގައުމަށް އަމާޒުވި ފަސް ރޮކެޓް ހަމަލާގެ ތެރެއިން ތިން ހަމަލައެއް އެކުގައި ނާކާމިޔާބު ކޮށްލެވުނު ކަމަށެވެ. އަނެއް ދެ ރޮކެޓުވެސް ވެއްޓުނީ ލުބުނާނު، އިސްރާއީލު ބޯޑަރު ކައިރިން ލުބުނާނު ފަޅިއަށް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.
މި ހަމަލައަކީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ އިސްރާއީލާއި ލުބުނާނުގެ ހިސްބުﷲ ޖަމާއަތާއިމެދު ހަމަލަތައް އަލުން ބަދަލުކުރަން ފަށާފާނެކަމުގައި ބެލެވޭ ހަމަލައެކެވެ. ރައްދު ދޭނެ ކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ.
އިސްރާއީލު އަދި ހަމާސް އިން ހަމަލަ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމާއި ހަމައިން ލުބުނާނާ ވީ ފަޅިން އިސްރާއީލަށް ހަމަލަދިނުންވެސް އޮތީ ހުއްޓާލާފައެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިސްރާއީލުން އަލުން ޣައްޒާއަށް ހަމަލަދޭން ފެށުމުން ހިސްބުﷲ އިންވެސް ހަމަލަތައް އަލުން ދޭން ފެށީކަމުގައި ބެލެވެއެވެ.
އިސްރާއީލުން މި ފަހުން ޣައްޒާއަށް ދޭން ފެށި ހަމަލަތަކުގައި 600 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް