އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު، ޝަމްއާން ވަހީދު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ކަމަށެވެ.
ފުލުހުން މިރޭ ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަނުން ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް ކަމަށް ބުނެ ހިންގި އޮޕަރޭޝަނެއްގައި 530،000 ރުފިޔާއާއެކު ބިދޭސީއަކު ހިފެހެއްޓުމަށްފަހު ދޫކޮށްލިއިރު، އޭނާއަތުގައި ހުރި ފައިސާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ގެންދިޔަ ކަމަށެވެ.
ރޭގެ ވަގުތެއްގައި ޝަމްއާން މަގާމުން ވަކިކޮށް އެ މަގާމަށް ވަނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އައްޔަންކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް