ހުޅުމާލެ ދެކުނު ދާއިރާއަށް އެންމެންގެ ސަމަދުބެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ކުރިމަތިލާފައިވޭ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކެންޑިޑޭޓަކީ ކެންޑިޑޭޓް ނަންބަރު 5 އަބްދުއްސަމަދު (އ...

22 Mar 2024 | 15:28

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ކުރިމަތިލާފައިވޭ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކެންޑިޑޭޓަކީ ކެންޑިޑޭޓް ނަންބަރު 5 އަބްދުއްސަމަދު (އެންމެންގެ ސަމަދުބެ) އެވެ.

ސަމަދުބެގެން ހިދުމަތްތަކަށް ބަލާލާއިރު ސަމަދުބެއަކީ ތިނެއް ނޮވެމްބަރގެ ހާދިސާއާއި ގުޅިގެން ސަރުކާރުން ދިވެހި އަސްކަރިޔާއާއި ގުޅިވަޑައިގަތުމަށް ނެންގެވި ޝަރުތު ހަމަވާ ކިޔަވާކުދިންގެތެރެއިން ހޮވި އޭގެފަހުން އަސްކަރިއްޔާ އަދި ފުލުހުންގެ ޤައުމީ ޙިދްމަތުގައި 30 އަހަރު ހޭދަކުރުމަށްފަހު ޝަރަފުވެރި ކަމާއިއެކު ރިޓަޔަރ ކުރައްވައިގެން ހުންނެވި ޝަރަފުވެރި، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

ސިޔާސީ މައިދާނުގައި އަބަދުވެސް ރައީސް ޔާމީން ފަހަތްޕުޅުގައި ހުންނެވި ސަމަދުބެގެ ސިޔާސީ ހިދުމަތްތަކަށް ބަލާލާއިރު ޕީޕީއެމް ޕީއެންސީގެ ސްޓއަރިން ކްމޮޓީގެ ނައިބުރައީސް ކަމާއި ޕީޕީއެމް ޕީއެންސީގެ ސެނެޓްމެމްބަރކަމާއި ޕީޕީއެމް ޕީއެންސީގެ ހުޅުމާލެ ދާއިރާގެ އެންމެފަހުގެ އިންތިހާބީ ރައީސްކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އިންޑިއާ އައުޓް ހަރަކާތް އަދި ދިވެހި ކަނޑުވިއްކުމާއި ދެކޮޅަށް އިސްސަފުގައި ހުންނެވިއެވެ.

ސަމަދުބެގެ އިޖްތިމާއީ ހިދުމަތްތަކަށް ބަލާލާއިރު، އަމިއްލަފުޅަށް ކުރުއްވާ ވިޔަފާރީގެ ނަފާއިން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމާއި ލޮކްޑައުން ދުވަސްވަރު ހުޅުމާލެ ދާއިރާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދެއްވުމުގައި ޖެހިލުމެއްނެތި މަސައްކަތް ކުރުއްވުމާއި މަސްތުވާތަކެތިގެ ވަބާގައި ޖެހިފައިވާ ޒުވާނުން ފަރުވައަށް ފޮނުވުމުގައި އެހީތެރިވުން ފާހަގަކޮށްލެވެއެވެ.

ސަމަދުބެގެ މެނިފެސްޓޯއިން ފާހަގަކޮށްލެވޭ ބައެއް ކަންކަން

  • ދިވެހިރާއްޖޭގައި ޒަމާންތަކެއްވަންދެން މަސްތުވާތަކެތީގެ ތެރޭގައި އާއްމުވެފައިވާ ބާވަތްތަކުގެ ތެރެއަށް މިހާރު އެހެނިހެން ފަނާކުރުވަނި ޒާތްޒާރުގެ ބާވައްތައް މިވަނީ އެއްވެފައި، ނަމަވެސް ދެވޭފަރުވާއަކީ މިހާރަށް އެކަށީގެންވާ ފަރުވާއެއް ނޫންކަމުން މިހާރަކަށް އައިސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެމީހުންގެ އާއިލާތަކަށް ލިބެމުންދާ ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކަށް ހައްލު ހޯދެވުމުގައި ވަށާޖެހޭ ފަރުވާގެ ނިޒާމްގާއިމްކުރުމާއި ޤާނޫނަށް އިސްލާހު ހުށަހެޅުން
  • ޒުވާނުންނަށް ވަޒީފާގެ ފުރުސަތު، ކުޅިވަރުކުޅެވޭނެމައުހަލު އަދި އަމިއްލަވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްކުރުން
  • ކަނބަލުން ވަޒީފާތަކުގައި، އާއިލާތަކާއި ދުރުގައި ހޭދަކުރަންޖެހިފައިވާ ވަގުތުތަށް ކުރުކުރުމަށް ނުވަތަ އެކަނބަލުންގެ މަސައްކަތްތައް ގޭގައި ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް މަޖިލީހުގައި ވަކާލާތު ކޮށްދިނުން
  • ދާއިރާގެ މިސްކިތްތަކުގެ ތެރެއިން އޭސީ ހަރުނުކުރެވިހުރި މިސްކިތްތަކުގައި އޭސީ ހަރުކުރުން
  • ދާއިރާގެ ރައްޔިތުން ދިރިއުޅޭ ވެށްޓަކީ ދިރިއުޅުމަށް ފަސޭހަ ވެށްޓަކަށް ހެދުން
  • ގައުމު އިސްކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރާއި އިސްތިގުލާލް ރައްކާތެރިކުރުމުގައި ދެމިހުރުން
  • މިހާރު ޤައުމުށް ޙިދްމަތް ކުރުމަށް އަމިއްލަ މެމްބަރެއްގެ ގޮތުގައި ވާދަކުރައްވަން ނިންމެވި ދާއިރާއަކީ އެ ދާއިރާއެއްގައި ސަމަދުބެ ފާއިތުވި 13 އަހަރު ދިރިއުޅުއްވާފައިވާ އަދި މިހާރުވެސް ދިރިއުޅުއްވަމުންގެންދަވާ ދާއިރާއެވެ.
  • ސަރުކާރުން ހިންގޭ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުގައި ދާއިރާގެ އެންމެހާ ރައްޔިތުންގެ ތެރެއިން ޝަރުތު ހަމަވާ، އެއްމެހާ ރައްޔިތުން އެކަމަށް ހުށައަޅާ ދިނުމުގައި އެހީތެރިވެ ވަކާލާތުކޮށްދޭނެ ފަރާތަކަށް ވާނަން
  • ފްލެޓްތައް އިމާރާތްކުރެވިފައިވާ ގޮތުން ދިރިއުޅޭ ރައްޔިތުން އުފުލަން ޖެހިފައިވާ ތަކުލީފްތަކަށް ނިމުމެއް ގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތް ކޮއްދޭ ފަރާތަކަށް ވާނަން
  • ކޮންމެ އަހަރަކު އިސްރައްވެހީންގެ 3 ބޭފުޅަކަށް އުމްރާ ދަތުރެއް ހަމަޖައްސާ ދޭނަން.

މީގެ އިތުރުން ސަމަދުބެ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ހާއްސަ އޮފީހެއް ގާއިމުކުރުމަށްވެސް ނިންމައެވެ. އެގޮތުން އެ އޮފީހުން ދޭން ނިންމާ ބައެއް ހިދުމަތްތަކުގެ ތެރޭގައި

  • އިސްރަށްވެހިންގެ ޚިދުމަތުގައި 24ގަޑިއިރު ސިއްހީ އެހީތެރިކަމުގެ (ފުރަތަމައެހީ) ފޯރުކޮށްދިނުން
  • ޒުވާނުންނަށް ވަޒީފާގެ ކަންތައްތަކުގައި އެހީތެރިވުން
  • ކައުންސެލިން އަދި ޑްރަގް ރިހެބިލިޓޭޝަން ފަރުވާއަށް މަގުފަހިކުރުން
  • ތައުލީމީ ފުރުސަތުތައް ހޯދައިދިނުން
  • ސަރުކާރުގެ ވުޒާރާތަކާއި ރައްޔިތުންނާއިމެދު ކުރެވެންޖެހޭ މުއާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް