ޖޭމް ރަމަޟާން ފުޓްސަލް ލީގު 2024 ގެ ސެމީ ފައިނަލް މެޗު މިރޭ

ޖޭ އޭ މަނަފަރު ރިސޯޓުގެ މުވައްޒަފުންގެ މެދުގައި މި ރަމަޟާން މަހު ކުރިއަށްގެންދާ ޖޭމް ރަމަޟާން ފުޓްސަލް ލީގު 2024 ގެ ސެމީ ފައިނަލްގެ މެޗު މިރޭ ކުޅޭނެއެވެ. މިރޭގެ މެޗުގައި ވާދަކުރަނީ ޓީމް ތެދެކޭ ތެދެކޭ ...

22 Mar 2024 | 15:03

ޖޭ އޭ މަނަފަރު ރިސޯޓުގެ މުވައްޒަފުންގެ މެދުގައި މި ރަމަޟާން މަހު ކުރިއަށްގެންދާ ޖޭމް ރަމަޟާން ފުޓްސަލް ލީގު 2024 ގެ ސެމީ ފައިނަލްގެ މެޗު މިރޭ ކުޅޭނެއެވެ.

މިރޭގެ މެޗުގައި ވާދަކުރަނީ ޓީމް ތެދެކޭ ތެދެކޭ އާއި ޓީމް ރެޑް ޒޯން އެވެ. މިރޭ މި މެޗު ފަށާނީ މިރޭ ގަނޑިން 09:30ގައެވެ.

ޗެމްޕިއަން ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމު އަދި ރަނަރަޕް ޓީމަށް ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވާދަކޮށްފައިވެއެވެ. އެއީ ރެޑް ޒޯން އާއި ލަޔަންސް އާއި ތެދެކޭ ތެދެކޭ އާއި މާނަކާ އަދި އެފްސީ ހޯޕްގެ އިތުރުން ޓިމް އެރޯ އެވެ.

ޕޮއިންޓް އުސޫލަށް ކުޅެމުން އަންނަ މި މުބާރާތުގެ ބައިވެރިވި ޓީމްތަކުގެ ތެރެއިން ޓީމް ލަޔަންސް ވަނީ މިހާތަނަށް ކުޅުނު މެޗުތަކުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލަށް ދަތުރުކޮށްފައެވެ. އެހެންކަމުން މިރޭގެ ސެމީ ފައިނަލް މެޗުގައި މޮޅުވާ ޓީމު ފައިނަލްގައި ބައްދަލުކުރާނީ ޓީމް ލަޔަންސް އާއެވެ.

މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމަށް ކުރިއަށްގެންދާ މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ އެ ރިސޯޓުގެ ހިއުމަން ރިސޯސަސް ޓީމުންނެވެ. މި މުބާރާތަށް ފައިސާގެ އިނާމު ސްޕޮންސަރކޮށްފައިވަނީ ކޯޕަރޭޓް ކޮންސިއާޖް ސާވިސަސްގެ ފަރާތުންނެވެ. އެ ފަރާތުން މި މުބާރާތަށް 15 ހާސް ރުފިޔާގެ ފައިސާގެ އިނާމު ހަދިޔާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް