މާލޭގެ ފަޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ފަޅުގެއެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއް ސިފައިން ކޮންޓްރޯލުކޮށްފިއެވެ. ސިފައިން ބުނެފައިވާގޮތުގައި ސިފައިންގޭގެ އަލިފާނާބެހޭ ޑިޕާޓްމަންޓުން ނިއްވާލާފައިވަނީ މާފަންނު ޏަމްޏަމްގޭގެ ކުނިތަ...

22 Mar 2023 | 18:44

މާލޭގެ ފަޅުގެއެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއް ސިފައިން ކޮންޓްރޯލުކޮށްފިއެވެ.

ސިފައިން ބުނެފައިވާގޮތުގައި ސިފައިންގޭގެ އަލިފާނާބެހޭ ޑިޕާޓްމަންޓުން ނިއްވާލާފައިވަނީ މާފަންނު ޏަމްޏަމްގޭގެ ކުނިތަކެއްގައި ރޯވި އަލިފާނެވެ.

"މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ފަޔަރމަނުންވަނީ އަލިފާނުގެ ހާދިސާ ހިނގި ގެއަށް ގޮސް، މިރޭ 22:40 ހާއިރު އަލިފާން ނިއްވާލާފަ" ސިފައިން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ގެއަކީ، ދެ ފަންގިފިލާއަށް ހަދާފައިވާ މީހުން ދިރިނޫޅޭ ފަޅުގެއެކެވެ. އަދި އަލިފާން ރޯވެފައިވަނީ އިމާރާތުގެ ތިރީބައިގައި ހުރި ކުނިތަކެއްގައެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 22:18 ހާއިރު ކަމަށް ސިފައިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް