ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ޖުމްހޫރީ ޕާޓީއާއި މިރޭ ބައްދަލުކުރާނެކަން ހާމަކޮށްފިއެވެ.
މިކަން ހާމަކުރަމުން އެމްޕީ ހަސަން ލަތީފު ވިދާޅުވެފައިވަނީ މަޝްވަރާއަށް ޖޭޕީއާ ބައްދަލުކުރަނީ އެމްޑީޕީގެ ފަރާތުން ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމުން ކަމަށެވެ.
"އަޅުގަނޑާ ހުސެއިން އަމްރުއާ ދެމީހުން މިރޭ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ކުރުމަށް އެބަ ބައްދަލުވަން" ހަސަން ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ފެކްޝަނުން މިރޭ ޖޭޕީއާއެކު މަޝްވަރާ ކުރަން ނިންމާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލީޝަން ނުހެދުމަށް ޖޭޕީން ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލީޝަނެއް ހަދާނަމަ ހަދާނީ ޖޭޕީ އިސްވެ އޮވެ ކަމުގައިވެސް ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް