ކޯސްޓްގާޑްގެ ވިހި ވަނަ ބޭސިކް ކޯހުގެ ދަސްވެނިވުން ބާއްވައިފި

އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެއިލަރުން ތަމްރީނު ކުރުމަށް ހިންގި ކޯސްޓްގާޑްގެ 20 ވަނަ  ބޭސިކް ކޯހުގެ ގެ ދަސްވެނިވުން އިއްޔެ ބާއްވައިފިއެވެ. މި ކޯސް ނިންމުމުގެ ގޮތުން ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނ...

22 Mar 2023 | 11:12

އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެއިލަރުން ތަމްރީނު ކުރުމަށް ހިންގި ކޯސްޓްގާޑްގެ 20 ވަނަ  ބޭސިކް ކޯހުގެ ގެ ދަސްވެނިވުން އިއްޔެ ބާއްވައިފިއެވެ.

މި ކޯސް ނިންމުމުގެ ގޮތުން ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި ކޯސްޓްގާޑްގެ 20 ވަނަ ބޭސިކް ކޯހުގެ ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމާއި، ހަނދާނީލިޔުން ހަވާލުކޮށްދެއްވީ މިނިސްޓްރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް  ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ. އަދި ލަޝްކަރު ބަލާފާސްކޮށްދެއްވީ މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

މިރަސްމިއްޔާތުގައި ކޯހުން ފާސްވި ދަރިވަރުންނަށް ބެޖު ހަވާލުކޮށްދެއްވީ ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް އިބްރާހީމް ހިލްމީއާއި ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި ކޯސްޓްގާޑްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުالله ޖަމީލެވެ.

ކޯސްޓްގާޑް ބޭސިކް ކޯހުގެ މުޅި ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ލާންސް ކޯޕްރަލް މުޙައްމަދު ނާފިޢުއެވެ. ޕޯރޓް ޑިވިޜަންގެ އެންމެ މޮޅު ދަރިވަރުގެ އިތުރުން ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ ލާންސް ކޯޕްރަލް ޢަބްދުالله އިބްރާހިމެވެ. އަދި ސްޓާބޯޑް ޑިވިޜަންގެ އެންމެ މޮޅު ދަރިވަރަކަށް ޕްރައިވެޓް ޢަލީ އިޒާން ނިޒާމް ވަނީ ހޮވިފައެވެ.  އެންމެ ހަށިހެޔޮ ދަރިވަރަކަށް ޕްރައިވެޓް ޢަބްދުالله ސަނީމް ހޮވިފައިވާއިރު، އެންމެ މޮޅު ބަޑި ޖެހުންތެރިއާގެ މަޤާމަށް ހޮވިފައި ވަނީ ޕްރައިވެޓް އަޙްމަދު ރިޞްވާނެވެ.

15 ހަފުތާގެ މުއްދަތަށް ކޯސްޓްގާޑް ބޭސިކް ސްކޫލް، ޅ.މާފިލާފުށީގައި ކުރިއަށްގެންދިޔަ ކޯސްޓްގާޑް ބޭސިކް ކޯހުގައި 60 ދަރިވަރުން ބައިވެރިވެ 56 ދަރިވަރަކު ވަނީ ކޯހުން ދަސްވެނިވެފައެވެ. މީގެ ތެރޭގައި 7 އަންހެން ސިފައިން ވެސް ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ އަސާސީ ތަމްރީނު ނިންމާ ކޯސްޓްގާޑްގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ މިކޯހަކީ ކޯސްޓްގާޑް އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ އިންސާނީ ވަޞީލަތް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަރައްޤީކޮށް ކުރިއެރުވުމަށް، 2001 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް އިން ހިންގާ ކޯހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް