ހައްޖާ އުމުރާ އަށް ދާ މީހުނަށް ލޮކޭޓިން ޑިވައިސް އެއް ދެނީ

ރާއްޖެ އިން ހައްޖާއި އުމްރާ އަށް ދާ މީހުން ގެއްލޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ލޮކޭޓިން ޑިވައިސް އެއް ބޭނުން ކުރަން ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ. މިކަން ހާމަކޮށް އެ ކޯޕަރޭޝަނުން ދައުލަތުގެ މީ...

22 Mar 2023 | 09:13

ރާއްޖެ އިން ހައްޖާއި އުމްރާ އަށް ދާ މީހުން ގެއްލޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ލޮކޭޓިން ޑިވައިސް އެއް ބޭނުން ކުރަން ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.

މިކަން ހާމަކޮށް އެ ކޯޕަރޭޝަނުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން ބުނީ ހައްޖާއި އުމްރާ އަށް ދާ ދިވެހިންނަށް ހުރެވޭ ތަން ބައެއް ފަހަރު ނޭގުމުގެ ސަބަބުން އެ މީހުން ގެއްލިގެން ހޯދަން ޖެހޭ ކަމަށެވެ.

އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ހަރަމްފުޅުގައި ހައްޖުވެރިންނަށް އެހީތެރިވުމަށް ތިބޭ މީހުން އެހީވެދޭ ކަމަށްވެސް އެ ކޯޕަރޭޝަނުން ހާމަކޮށްފައި ވެއެވެ.

އެހެން ނަމަވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖާއި އުމްރާ އަށް ދާ މީހުންނަށް ތައާރަފުކުރާ ލޮކޭޓިން ޑިވައިސްއަކީ ހައްޖާއި އުމްރާ އަށް ދާ ދިވެހިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކޮށްދޭނެ އެއްޗަކަށް ވާނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެ އެވެ.

މިގޮތުން ހައްޖު ކޯޕަރޭޝަނުން ބުނީ ރާއްޖޭގައި ވެސް އަދި ދުނިޔޭގެ މާކެޓުގައި ވެސް އެވައިލެބަލް، މި ކަމަށް ބޭނުންކުރެވިދާނެ އެއްޗެހިތަކުގެ ތެރެއިން ރަނގަޅު ފެންވަރެއްގެ ޑިވައިސެއް، ހައްޖަށް ރެޑީވުމަށްޓަކައި ޕްރޮކިއޯކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން ކަމަށެވެ.

މި އަހަރު ހައްޖަށް ދިވެހިން ގެންދިއުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިޔަށް ދާއިރު، ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކުން ޕްރޮޕޯސަލަށް ހުށަހަޅަން ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް