ތަކެތީގެ އަގު އުފުލުނަ ނުދޭން އަންނަނީ މަސައްކަތް ކުރަމުން: އަމީރު

ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. އަމީރު މިހެން ވިދާޅުވީ ރައްޔިތު...

22 Mar 2023 | 08:33

ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ.

އެގޮތުން ކޮންމެ ރޯދަމަހަކު ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާއިރު، މިފަހަރުގެ ރޯދަމަހަކީ، ތަކެތީގެ އަގުހެޔޮ މަހަކަށްވެ، ރައްޔިތުންނަށް ލިބޭ އާމްދަނީން ހަމަޖެހޭގޮތަކަށް ސަރުކާރުގެ ވިސްނުން އޮންނަން ވާނެ ކަމަށާއި، އެކަމަށް އަޅާ ފިޔަވަޅުތަކަކީ ކޮބައިތޯ މެންބަރު ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ، ޑިމާންޑަށް އަންނަ ބަދަލާ ގުޅިގެން ކޮންމެ ރޯދަމަހަކުވެސް އާއްމު ގޮތެއްގައި ބާޒާރުގެ ތަކެތީގެ އަގު މައްޗަށްދާ ކަމަށެވެ.

އަދި އެކަމަށް ހައްލު ގެނައުމަށްޓަކައި އެސްޓީއޯއިން މިހާރުވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިގޮތުން އެސްޓީއޯއިން އިމްޕޯޓް ކޮށްގެން ސަޕްލައި އިތުރު ކޮށްގެން މާކެޓްގައި އަގު ތިރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ކޮވިޑްގެ ދަތިކަމުން ރާއްޖެ އަރައިގަނެ އިޤްތިޞާދީ ދުވެލި މިހާރު ބާރު ކުރެވިފައިވާ ކަމަށެވެ.

ހަމައެހެންމެ އެކަމާއި ގުޅިގެން ހައްގުވާ އުޖޫރަ ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ،  ޓީޗަރުންނަށް މިހާރު އެގޮތަށް މުސާރަ އެބަދެވޭ ކަމަށާއި، އަންނަ މެއިމަހުން ފެށިގެން ޑޮކްޓަރުންގެ މުސާރަ ވެސް އެގޮތަށް ހަމަޖެހިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް