މިއަހަރުވެސް އެންމެ ގިނަ ވަގުތު ރޯދަ ހިފަން ޖެހޭ ގައުމުތަކަށް ބަދަލެއް ނާދެ!

މިއަހަރުގެ ބަރާކްތެރި ރަމަޟާން މަސް ފެށޭނީ މާދަމާ އެވެ. ކޮންމެ އަހަރެއްގައިވެސް ރޯދަ އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ތަފާތު ކަންކަމާއި މައުލޫމާތުތައް އާންމު ކުރެ އެވެ. އެގޮތުން މިއަ...

22 Mar 2023 | 08:08

މިއަހަރުގެ ބަރާކްތެރި ރަމަޟާން މަސް ފެށޭނީ މާދަމާ އެވެ.

ކޮންމެ އަހަރެއްގައިވެސް ރޯދަ އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ތަފާތު ކަންކަމާއި މައުލޫމާތުތައް އާންމު ކުރެ އެވެ. އެގޮތުން މިއަހަރުވެސް އެފަދަ މައުލޫމާތުތައް އާންމު ކުރަމުންދާއިރު މިހާރު ވަނީ އެންމެ ގިނަ ވަގުތު ރޯދަ ހިފަންޖެހޭ ގައުމުތަކުގެ ލިސްޓު އާންމުކޮށްފަ އެވެ.

ދުނިޔޭގެ އެހެން ހިސާބުތަކާ އަޅައިބަލާއިރު، ޔޫރަޕު ހިސާބުގެ ގައުމުގައި މުސްލިމުން ރޯދައަށް ތިބެން ޖެހޭ ވަގުތު ގިނައެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އެންމެ ގިނަވަގުތު ރޯދައަށް ތިބެންޖެހޭ ގައުމުތަކުގެ ތެރޭގައި ގްރީންލޭންޑާއި ސްވެޑެން، ސްކޮޓްލެންޑާއި އައިސްލޭންޑު ހިމެނެ އެވެ. މި ހަތަރު ގައުމާއި އެކު ފިންލޭންޑުގައި މިއަހަރު 17 ގަޑިއިރު ރޯދަ ހިފަން ޖެހެ އެވެ.

ޑެންމާކު، ޕޮލެންޑު، އިނގިރޭސިވިލާތް އަދި ކަޒަކިސްތާނުގައި 16 ގަޑިިއިރު ރޯދަ ހިފަން ޖެހެ އެވެ. ކެނެޑާ، އިޓަލީ އަދި ފްރާންސް ފަދަ ގައުމުތަކުގައި ރޯދަ ހިފަން ޖެހެނީ15 ގަޑިއިރު އެވެ.

ޗައިނާ، ތުރުކީ އަދި ގްރީސް ފަދަ ގައުމުތަކުގައި 14 ގަޑިއިރު ރޯދަ ހިފަން ޖެހެ އެވެ. މެލޭޝިއާ، ސްރީލަން އަދި ތައިލެންޑާއި ނައިޖީރިއާގައި ރޯދަ ހިފަން ޖެހެނީ13 ގަޑިއިރެވެ.

ރޯދަ ހިފަން ޖެހޭ ވަގުތަށް ބަލާއިރު އުތުރު އަދި ދެކުނު ތަނޑީގައި ވާ ގައުމުތަކަށް ރަމަޟާން މަސް އަންނަ ދުވަސްވަރެއްގެ ގޮތުން ރޯދަ ހިފަން ޖެހޭ ވަގުތު ދިގު ވެފައި ކުރުވެއެވެ.

މިއާއި ހިލާފަށް، ދުނިޔޭގެ މެދަށްވާ ގޮތަށް ހުންނަ ޤައުމުތަކުގައި މި ވަގުތުތަކަށް މާ ބޮޑަކަށް ބަދަލެއް ނާދެއެވެ. ސަބަބަކީ އެ ޤައުމުތަކަށް އިރު އޮއްސި، އިރު އަރާ ވަގުތުތަކަށް ބޮޑު ބަދަލެއް ނާންނާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް