އިސްތަފާ އިބްރާހިމް މަނިކު އަވަހާރަ ވެއްޖެ

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އިސްތަފާ އިބްރާހީމް މަނިކު މިއަދު އަވަހާރަވެއްޖެ އެވެ. އިސްތަފާ އަވަހާރަވީ އުމުރުފުޅުން 82 އަހަރުގައި މުސްކުޅި ބަލީގައި އެވެ. އަވަހާރަވީ އައިޖީއެމް...

22 Mar 2023 | 07:46

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އިސްތަފާ އިބްރާހީމް މަނިކު މިއަދު އަވަހާރަވެއްޖެ އެވެ.

އިސްތަފާ އަވަހާރަވީ އުމުރުފުޅުން 82 އަހަރުގައި މުސްކުޅި ބަލީގައި އެވެ. އަވަހާރަވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދާތާ10 ވަރަކަށް ދުވަސް ފަހުންނެވެ.

އިސްތަފާ އެންމެ ފަހުން އަދާކުރެއްވީ ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމެވެ. ރާއްޖޭގެ އަމާންކަން ބެލެހެއްޓުމުގެ އިދާރީ މަސައްކަތުގެ އިތުރުން ޕްރިޒަންސް ޑިވިޝަން، ޑިޕާޓްމަންޓް އޮފް ކަރެންޝަންގެ ހިންގުމުގެ އިސްވެރިއެއްްގެ ގޮތުގައި އިސްތަފާ ވަނީ އެތައް އަހަރަކު އުޅުއްވާފައެވެ.

އިސްތަފާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައި އެވެ.

އަވަހާރަވިއިރު އެމަނިކުފާނުގެ އަންހެން ދަރިކަނބަލަކާއި ކާފަ ވިދާޅުވާ ދެ ކުދިން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް