ހުޅުމާލޭގައި ކްލޭ ސްޓޫޑިއޯ އެއް ރަސްމީކޮށް ހުޅުވައިފި އެވެ.
އެޗްޑީސީން ބުނީ ސެރަމިކް އާޓް އަދި ޕޮޓަރީ ތައްޔާރުކުރާ ކްލޭ ސްޓޫޑިއޯއެއް ހުޅުމާލޭގައި ރަސްމީކޮށް ހުޅުވައިފައިވާ ކަމަށެވެ.
ސްޓޫޑިއޯ ހުޅުއްވައިދެއްވީ ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އެޗްޑީސީން ބުނީ ކްލޭ ސްޓޫޑިއޯ ހުޅުވާފައި ވަނީ ރެއިން ކްރެސްޓް ރެސިޑެންސް އިމާރާތުގެ ގްރައުންޑް ފްލޯރ ގައި ކަމަށެވެ.
މި ސްޓޫޑިއޯ އިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ޕޮޓަރީ އަދި ސެރަމިކް އާޓްގެ ފަންނު ދަސްކޮށްދިނުމަށް ކޯސްތައް ހިންގާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
ހަމައެހެންމެ އެ މަސައްކަތް ތަޖުރިބާކޮށްލަން އެދޭ ފަރާތްތަކަށް ވެސް އެ ފުރުސަތު ފަހިކޮށްދޭ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެޗްޑީސީން ބުނީ އޭގެ ތެރޭގައި ރައްޓެހިންނާއި އެކުވެރިންނާއި އެކު ނެގޭ ގަޑިތަކާއި އިންޑިވިޖުއަލް ގަޑިތައް ވެސް ހިމެނޭ ކަމަށެވެ.
އަދި ކުޑަކުދިންނަށް ވެސް މި ފަންނު ދަސްކޮށް ތަޖުރިބާކުރުމުގެ ފުރުސަތު އެ ސްޓޫޑިއޯއިން ފަހިކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން އެކި ވޯކްޝޮޕްތަކާއި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ އެގްޒިބިޝަންތައް ވެސް ބާއްވާއިރު ފްރީލާންސް އާޓިސްޓުންނަށްވެސް ސްޓޫޑިއޯ ބުކްކޮށް ބޭނުންކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ ފަންނުވެރި ހުނަރުވެރި ތަޖުރިބާކާރުންތަކެއް ހިންގާ މި ސްޓޫޑިއޯ އަކީ ރާއްޖޭގައި ހިންގާ ޕޮޓަރީ އަދި ކްލޭ އާޓްގެ ފުރަތަމަ ސްޓޫޑިއޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް