ކުށްވެރިކޮށް ތުހުމަތު ބޮލުގައި އަޅުވަނީ ހަމަ އަންހެނަކަށް ވީތީ ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެގޮތުން މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ އޮޕަރޭޝަނެއް ގޯސްކޮށް ދިއުމުން ތުހުމަތުގެ އިނގިލި ހެލްތު މިނިސްޓަރަށް، ފުލުހުންގެ ކަމެއް ގޯސްކޮށް ގޮސްފި ނަމަ ތުހުމަތުގެ އިނގިލި ހޯމް މިނިސްޓަރަށް ދިއް ނުކުރާކަމަށެވެ.
"އެހެން ނަމަވެސް އޮޕަރޭޝަން/ޓެކްޓިކަލް ލެވެލްގަ ކަމެއް ވާއިރަށް އަންހެން ޑިފެންސް މިނިސްޓަރަށް ތުހުމަތުގެ އިނގިލި އެބަ ދިއްކުރެވޭ" މާރިޔާ ވިދާޅުވެފައެވެ.
މާރިޔާ އިތުރަށް ވިދާޅުވެފައިވަނީ މި ހިނގާ މާރިޗް މަހަކީ "ސެލެބްރޭޓް ވިމެން" މަސް ކަމަށެވެ.
މުޒާހަރާއެއް ކުރިއަށްދަނިކޮށް މުޒާހަރާގެ ތެރެއަށްކަހަލަ ގޮތަކަށް މޮޓޯކޭޑް ދިމާވުމުން އެއީ އެމްއެންޑީއެފްގެ ފެއިލިއާއެކަމަށްބުނެ މިކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުނެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް