އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ހީނާ ހާން އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާއަށް ގޮސްފި އެވެ.
ހީނާ އުމްރާއަށް ދިޔަކަން ހާމަ ކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ހީނާ ބުނީ ބުނީ އެއީ އޭނާގެ ފުރަތަމަ އުމްރާ ކަމަށެވެ.
ހީނާ އުމްރާއަށް ގޮސް އުޅެނީ މަންމަ އާއި ކޮއްކޮ އާއި އެކު އެވެ. ތިން މައިން އުމްރާގެ އަޅުމަމަށް މާތްވެގެންވާ މައްކާއަށް ދިޔައީ އިއްޔެ އެވެ.
ހީނާ ދަނީ ކައުބަތުﷲ ގެފުޅާއި އޭނާ ހުންނަ ހޮޓެލް އާއި ކާތަކެތީގެ ފޮޓޯ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ކުރަމުންނެވެ. ހީނާ ބުނީ އޭނާއަށް ކުރެވެމުންދަނީ އުފާވެރި ބުނަން ނޭނގޭފަދަ އިހުސާސެއް ކަމަށެވެ.
https://www.instagram.com/p/CqDmK1RI9St/
https://www.instagram.com/p/CqDB_3Yo_Z2/
ހީނާ އަކީ ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގެ އެންމެ ފުރަތަމަ ބަތަލާ އެވެ.
އެ ޑްރަމާއަށް ފަހު އޭނާ ހިންދީ ބައެއް ފިލްމުތަކުން ފެނުނު އިރު އަދިވެސް ހީނާ އަކީ އިންޑިއާ ޓީވީ އިންޑަސްޓްރީ އަދި ސޯޝަލް މީޑިއާގައި ވަރަށް ނުފޫޒު ގަދަ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް