މޮޓޯކޭޑް ހުއްޓުވުން ޝުޖާއު ސިފަކުރެއްވީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި

ޕްރޮގްރެސިވް ކޯލީޝަންގެ މުޒާހަރާގެ ބައިވެރިން، ރައީސް ސޯލިހްގެ މޮޓޯކޭޑް ހުއްޓުވި ހުއްޓުވުން ޓެރަޒިމްގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާ...

22 Mar 2023 | 06:15

ޕްރޮގްރެސިވް ކޯލީޝަންގެ މުޒާހަރާގެ ބައިވެރިން، ރައީސް ސޯލިހްގެ މޮޓޯކޭޑް ހުއްޓުވި ހުއްޓުވުން ޓެރަޒިމްގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޝުޖާއު ހުސެއިން އެކަން މި މޭރުމުން ސިފަކުރައްވަމުން ވިދާޅުވެފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އިސްވެ ހުންނަވައިގެން ޕީޕީއެމްގެ ސަޕޯޓަރުން ރައީސްގެ މޮޓޯކޭޑް ހުއްޓުވި ހުއްޓުވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެ އަމަލަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައި ޝުޖާއު ވިދާޅުވެފައިވަނީ އެ ހާދިސާ ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް އެކަން ކުރި ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ ރައީސްގެ މޮޓޯކޭޑް ހުއްޓުމަކަށް އައީ ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށްފަހު ރައީސްގެ މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ދަތުރުކުރަމުންދަނިކޮށް ޕީޕީއެމް އޮފީހާއި ހަމައިން ޕްރޮގްރެސިވް ކޯލީޝަންގެ މުޒާހަރާ ބައިވެރިން މޮޓޯކޭޑް ކުރިމައްޗަށް އަރާ މޮޓޯކޭޑް ހުއްޓުވުމުންވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން އަންނަނީ ބަލަމުންނެވެ. އަދި އެމްއެންޑީއެފުންވެސް މިކަމާއި ގުޅޭ ކޮމިޓީއެއް އެކުލަވާލައި މައްސަލަ ބަލަން ފަށާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް