ރޯދަ މަހު އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ޚާއްސަ ހަދިޔާތަކެއް

މާދަމާ ފަށާ މި އަހަރުގެ ރޯދަ މަހަށް ޚާއްސަކޮށްގެން އުރީދޫ މޯލްޑިވްސްގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކާއި އޮފާތައް އިއުލާނު ކޮށްފި އެވެ. އުރީދޫ މޯލްޑިވްސް އިން...

22 Mar 2023 | 05:44

މާދަމާ ފަށާ މި އަހަރުގެ ރޯދަ މަހަށް ޚާއްސަކޮށްގެން އުރީދޫ މޯލްޑިވްސްގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކާއި އޮފާތައް އިއުލާނު ކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން ޏ.ފުވައްމުލަކު ތުނޑީގައި ބޭއްވި ހާއްސަ މާހެފުމުގެ ހަރަކާތެއްގައި އެކުންފުނިން ވަނީ މި އޮފާތައް އިއުލާނު ކޮށްފައެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ ރޯދަ މަހަށް ހާއްސަ އޮފާތައް ލޯންޗުކުރުމުގެ އިތުރުން ފުވައްމުލަކުގެ ރީތިކަމާއި ސަގާފަތާއި ބަހުރުވަ ދައްކުވައިދޭ ރަމަޟާން ކެމްޕެއިން ވީޑިއޯ ވެސް ދައްކާލާފައެވެ.

އުރީދޫން ބުނީ މި ކުރު ފިލްމުގެ މަޤްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގައި ކުރެވޭ ތަޖުރިބާގެ އަގު ވަޒަންކޮށް، ރަށްރަށުގެ ދިރިއުޅުން އެހެން ހަރުފަތަކަށް އަޕްގްރޭޑް ކުރުމަށް މުޖުތަމައުގެ ތެރޭގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުން ކަމަށެވެ.

މިކަމަށް އިޝާރަތް ކުރައްވާ އުރީދޫގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ ވިދާޅުވީ މި އަހަރުގެ ރަމަޟާން ކެމްޕެއިން ވީޑިއޯގެ ސަބަބުން ޖަޒީރާ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަން އިތުރުވެ، ރާއްޖޭގެ ރީތި ރަށްތަކުގެ ކުރިއެރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދެމިތިބޭނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުން ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީ، މުޖުތަމައުތަކުގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް ތައާރަފު ކުރި އޮފާތަކުގެ ތެރޭގައި 7 އޮފާއެއް ހިމެނެއެވެ.

ހާދިޔާ ފޮށި: އުރީދޫ އިން ބުނީ މި އޮފާގެ ދަށުން މި ރަމަޟާން މަހު އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، އުރީދޫ އެޕްގައި ހިމަނާފައިވާ ހާދިޔާ ފޮށިން ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލެއް، އައިފޯން 14 ޕްރޯ، 65" ޓީވީ، ހޯމްޕޮޑް މިނީ، 1 ޓީބީ އާ ހަމައަށް ހިލޭ ޑޭޓާގެ އިތުރުންވެސް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެ ކަމަށާއި ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހާދިޔާ ފޮށި ގޭމް ކުޅެވޭނެ ކަމަށް އުރީދޫން ބުނެފައި ވެއެވެ.

އުރީދޫ އިން ބުނީ ހާދިޔާ ފޮށި ކުޅުމަށް އުރީދޫ އެޕަށް ޒިޔާރަތްކޮށް ހަދިޔާ ފޮށި ހިޔާރުކޮށްލުމުން ފެންނަ ހަ ހަދިޔާ ފޮށިން ކޮންމެވެސް އެއް ފޮއްޓެއް ހިޔާރު ކޮށްލުމުން ކޮންމެވެސް ހަދިޔާއެއް ލިބިގެންދާނެ ކަމަށެވެ. އަދި ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށި ހުޅުވައި ހަދިޔާއެއް ލިބޭނެ ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.

ރޯދަ ހަދިޔާ: ބަރަކާތްތެރި ރަމަޟާން މަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރަމަޟާން މަހުގެ ތެރޭގައި އާޗާ 750، އާޗާ 500 އަދި އުރީދޫ ޑޭޓާ 500 ޕެކް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ ގެ ގޮތުގައި 10ޖީބީ ޑޭޓާ ނުވަތަ 5ޖީބީ ޑޭޓާ ގެ އިތުރުން 200 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.

އުރީދޫ އިން ބުނީ އާޗާ ޕްރީޕެއިޑް 750 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 6 ޖީބީ ޑޭޓާ ލިބޭއިރު އާޗާ ޕްރީޕެއިޑް 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 2 ޖީބީ ޑޭޓާ އަދި އުރީދޫ ޑޭޓާ 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް 30 ދުވަހަށް 35 ޖީބީ ޑޭޓާ ލިބޭނެ ކަމަށެވެ.

މި ޕެކްތަކަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި އަދި ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތް ލިބޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ޕެކްތަކެއް ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.

ސައޫދީގައި ތިއްބެވި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ހާއްސަ ސައުދީ އައިޑީޑީ ޕެކް:  އުރީދޫ އިން ބުނީ އުރީދޫ ޕާސްޕޯޓާއެކު ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގެ އައިޑީޑީ ރޭޓްތަކާއެކު މި ރަމަޟާން މަހު ސައޫދީ އަރަބިއްޔާގައި ތިއްބަވާ އާއިލާއާ އާއި ރަހުމަތްތެރިންނާއި ގުޅުން ބަދަހިކުރުމަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އުރީދޫ ޕާސްޕޯޓް ސިމް އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތް ކޮށްގެން އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.

ފިޠުރު ޒަކާތް: އެހެން އަހަރުތަކެކޭ އެއްފަދައިން، ކޮންމެތާކުންވެސް ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫއިން ވަނީ މިއަހަރުވެސް ފަހިކޮށްދީފައި ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އެމް-ފައިސާގެ ޚިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫއިން މަރުހަބާކިޔައެވެ. .

މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް 909#* އަށް ޑައަލް ކުރުމުން ޒަކާތް  ދެއްކޭނެ ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.

ނަމާދު އެލާޓް: މި ރަމަޟާން މަހު ވެސް ނަމާދު އެލާޓް ހިދުމަތް މެދުވެރިކޮށް ނަމާދު ވަގުތުތަކަށް ސަމާލުވުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލާޓް އެކްޓިވޭޓްކޮށްލުމުން ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ލިބޭނެ ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.

އެމް-ފައިސާއިން ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ފައިސާ ދައްކާލުމުން %2 އާއި ހަމައަށް ފައިސާ އަނބުރާ ވޮލެޓަށް: އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން އެމް-ފައިސާ ބަލައިގަންނަ ހުރިހާ ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް މުޅި ރަމަޟާން މަހުގެ ތެރޭގައި ފައިސާ ދައްކާ ކޮންމެފަހަރަކު ފައިސާ ދައްކާ އަދަދުގެ %2 އާއި ހަމައަށް ފައިސާ އަބުރާ ވޮލެޓައް ލިބޭނެ ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް އިފްތާރު ޕެކެއް ހަދިޔާކުރުން: ރަމަޟާން މަހަކީ އޯގާތެރިކަން އިތުރު ކުރަންވީ މަހެއްކަމުން، މި ރަމަޟާން މަހު މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ ކަމަށް އުރީދޫއިން ބުނެފައި ވެއެވެ. ހަދިޔާ ކުރާ ޕެކްތައް ހަދިޔާ ކުރާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު އެމްއެމްޑަބްލިއުއެމް އިން ބިދޭސީ މަސައްކަތްތެރިންނާއި ހަވާލުކުރާނެއެވެ.

ހަދިޔާކުރި އިފްތާރު ޕެކްތަކުގައި ރަމަޟާން މަހު ރޯދަ ވީއްލުމަށް އެހީތެރިވުމުގެ ގޮތުން ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް ހިމެނޭނެ ކަމަށް އުރީދޫ އިން ހާމަކުރެއެވެ.

އުރީދޫ އިން ބުނީ ރަމަޟާން މަހު އުރީދޫ ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ އޮފާތަކުގެ މައުލޫމާތާއި މި އޮފާތަކުގައި ބައިވެރިވުމުގެ ފުރުސަތު ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

މި އޮފާތައް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒްގެ އިތުރުން ފުވައްމުލަކުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް