ބާރުގަދަ ބިންހެލުމެއް: ނުވަ މީހަކު މަރު، އަފްގާނިސްތާނާއި ޕާކިސްތާނާއި އިންޑިއާއަށް އަސަރު ކުރި

ބާރުގަދަ ބިންހެލުމެއް: ނުވަ މީހަކު މަރު، އަފްގާނިސްތާނާއި ޕާކިސްތާނާއި އިންޑިއާއަށް އަސަރު ކުރި އަފްގާނިސްތާނާއި ޕާކިސްތާނާއި އިންޑިއާއަށް އަސަރު ކުރި ބާރުގަދަ ބިންހެލުމެއްގައި ނުވަ މީހަކު މަރުވެ އެތަ...

22 Mar 2023 | 03:10

ބާރުގަދަ ބިންހެލުމެއް: ނުވަ މީހަކު މަރު، އަފްގާނިސްތާނާއި ޕާކިސްތާނާއި އިންޑިއާއަށް އަސަރު ކުރި

އަފްގާނިސްތާނާއި ޕާކިސްތާނާއި އިންޑިއާއަށް އަސަރު ކުރި ބާރުގަދަ ބިންހެލުމެއްގައި ނުވަ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

ރެކްޓަރ މިންގަނޑުން 6.5 މެގްނިޓިއުޑްގެ މި ބިންހެލުން އައީ އަފްގާނިސްތާނުގެ އިރު ދެކުނު ސަރަހައްދެއްކަމުގައިވާ ޖުރްމް ސަރަހައްދަށެވެ. އެ ސަރަހައްދަކީ ޕާކިސްތާނާއި ތަޖިކިސްތާނު ގުޅޭ ބޯޑަރުވެސް ހިމެނޭ ސަރަހައްދެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން މިއީ 6.5 މެގްނިޓިއުޑްގެ ބިންހެލުމެއްކަމަށް ބުނެފައިވީނަމަވެސް ޕާކިސްތާނުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނެފައިވަނީ މިއީ 6.8 މެގްނިޓިއުޑްގެ ބިންހެލުމެއްކަމަށް ރިޕޯޓް ކުރެވިފައިވާކަމަށާއި ބައެއް އާފްޓަޝޮކްސް (ކުދި ބިންހެލުން) ވެސް ރެކޯޑް ކުރެވިފައިވާކަމަށެވެ.

މި ބިންހެލުމުގައި ނުވަ މީހަކު މަރުވެފައިވަނީ ޕާކިސްތާނުގެ ހައިބަރު ޕަހްތުންހްވާ ޕްރޮވިންސުންނެވެ. މަރުވި ދެމީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނެއެވެ.

މި ބިންހެލުމުގެ އަސަރު އިންޑިއާގެ ވެރިރަށް ދިއްލީއަށްވެސް ކުރިއެވެ. އެހެން ނަމަވެސް މި ބިންހެލުމުގައި ގެއްލުން ރެކޯޑު ކުރެވިފައިވަނީ ޕާކިސްތާނު އަދި އަފްގާނިސްތާނުގައެވެ. އެ ދެ ގައުމުގެ ބައެއް ގެތައް ވެއްޓި ގެއްލުންތަކެއް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް