ދުވަހުގެ މޫސުން: ދެކުނަށް ވިއްސާރަ، މެދަށް ކެރީގެ އަސަރު ފޯރާނެ، އުތުރަށް ރަނގަޅު

ދުވަހުގެ މޫމަށް ބަލައިލާއިރު މިއަދު ދެކުނަށް ވިއްސާރަ ކަމަށާއި މެދުރާއްޖެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި އުތުރަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓި...

22 Mar 2023 | 02:54

ދުވަހުގެ މޫމަށް ބަލައިލާއިރު މިއަދު ދެކުނަށް ވިއްސާރަ ކަމަށާއި މެދުރާއްޖެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި އުތުރަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

"ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ، މެދުރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ. އުތުރުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ" މެޓުން ބުނެފައިވެއެވެ.

މެޓުން ބުނެފައިވާގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ބުނެފައިވެއެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން މިއަދު ހުންނާނެ ކަމަށް ބުނެފައިވަނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް