އަލީ ޒާހިރުގެ ޓުވިޓާ ހެކްކޮށް، ކުރިކަމަށް ބުނާ ޓުވީޓުތަކަކާއި ހެދި އެމްޑީޕީ ލީޑާޝިޕް އުތުރި އަރަނީ!

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ ރަސްމީ ޓުވިޓާ އެކައުންޓު ހެކް ކޮށްގެން ކުރިކަމަށް ބުނާ ޓުވީޓުތަކަކާައި ގުޅިގެން ވެރިރަށް ކުރާ މައި ޕާޓީ އެމްޑީޕީ އުތުރ...

22 Mar 2022 | 17:19

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ ރަސްމީ ޓުވިޓާ އެކައުންޓު ހެކް ކޮށްގެން ކުރިކަމަށް ބުނާ ޓުވީޓުތަކަކާައި ގުޅިގެން ވެރިރަށް ކުރާ މައި ޕާޓީ އެމްޑީޕީ އުތުރި އަރަމުން އެބަދެ އެވެ.

މީގެ ނުވަ ގަޑިއިރެއްގާއިރު ކުރިން އަލީ ޒާހިރުގެ އެކައުންޓުން ފުރަތަމަ ތަފާޓު ޓުވީޓެއް ކުރީ ހެރިޓޭޖް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު އަދި އެމްޑީޕީގެ އެކްޓިވިސްޓު ޝައްމޫން ޖަލީލް (ލޫކަސް)ގެ ޓުވީޓަކަށެވެ. އެ ޓުވީޓަށް އަލީ ޒާހިރު ދިން ޖަވާބުގައި އެމްޑީޕީގެ އިސްވެރިންނާއި ޗެއާޕާސަން އިންތިހާބާއި ގުޅޭގޮތުން ބޭއަދަބީ ބަސްތަކެއް ބޭނުން ކުރައްވާފަ އެވެ.

މި މައްސަލައިގަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް ކަމަށާއި އަލީ ޒާހިރާ ކުޑަވެސް ގުޅުމެއް ނެތް ކަމެއް ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ ބުރަ މަސައްކަތުން ގެނައި ސަރުކާރުގެ މަތީ މަގާމެއްގައި ހުންނެވި ނަމަވެސް ޕާޓީ ހަރާބުކުރާކަށް މެމްބަރުން ފުރުސަތު ނުދޭނެ ކަމަށް އީވާ ވިދާޅުވި އެވެ.

އަދި ފަހަތަށް ޖެހިވަޑައިން އެމްޑީޕީގެ އެތެރޭގެ ކަންކަން ޕާޓީން އަމިއްލައަށް ކުރުމަށް ދޫކޮށްލެއްވުމަސް އީވާ ގޮވާލެއްވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލީ ޒާހިރުމެން ފަދަ ބޭފުޅުންގެ މިފަދަ އަމަލު ތަކަކީ ސަރުކާޜުން ކުރާ ނުރަނގަޅު ކަންކަން މަތިޖަހައި ފޮރުވުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ފަހަރަކު މުއައްސަސާއެއް, ފަހަރަކު މުއައްސަސާއެއް ބޭނުން ކުރަމުން ކުރަމުން ގެންދިޔައީމަ މުޅި ދައުލަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމަށް ވިދާޅުވި އެވެ.

އޭނާގެ ޓުވީޓު އަމާޒު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ އެމްޑީޕީގެ އިންތިހާބުތަކުގެ ވާހަކަ ދެއްކުމަކީ އަދާލަތު ޕާޓީގެ ކަމެއްނޫން ކަމަށެވެ. އަލީޒާހިރު އެ ޓުވީޓުތަކަކީ ހުތުރު، މުޑުދާރު ކަމެއް ކަމަށް ވިޔަސް އަލީ ޒާހިރަކީ ބައެއް މީހުންގެ ނަޒަރުގައި ހީރޯއަކަށް ވާނެ ކަމަށެވެ.

https://twitter.com/husnfirey/status/1506160724149927945

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް