ރައީސް ނަޝީދު މަރައިލަން ބޮންގޮއްވީ ސަރުކާރުން ރާވައިގެންނޭވެސް ބުނެފާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
މޫސަ ވިދާޅުވެފައިވަނީ މިދާވަރުން ދަންޏާ ރައީސް ނަޝީދު މަރާލަން ބޮންގޮއްވީވެސް ސީދާ ސަރުކާރުން ރާވައިގެންކަމުގައި ރައީސް ނަޝީދުހިންގާ އިންތި ކެމްޕެއިނު ކުދިން ބުނެފާނެ ކަމަށެވެ.
"މިހާރުވެސް ފާޑަކަށް އެ އަޑުހުރޭ" މޫސަ ވިދާޅުވެފައިވެއެވެ.
https://twitter.com/ReekoMoosa/status/1506282085442588676
އެެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް ކުރިން ފުރުއްވި މޫސަ އެ އިސާރާތްކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވަން އޮތް އިންތިހާބުގެ ކެމްޕޭނަށް އިޝާރަތް ކުރައްވައެވެ. މި ކެމްޕޭނާއެކު، އެމްޑީޕީ ވަރަށް ބޮޑަށް ވަނީ ބައިބައި ވެފައެވެ. ރައީސް ނަޝީދުގެ ނުރުހުން ދޭތެރެދޭތެރެއިން ބޭރުކޮށްލައެވެ. ކެމްޕޭނުގައި ދެ ކެނޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ފާޅުގައި ޒުވާބުތައް އަންނަނީ ހިނގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް