ވަގަކު އަތުލައިގެންނަން ފުލުހަކު ކުރި މަސައްކަތް އެއްބަޔަކަށް މަޖަލަކަށް، އަނެއް ބަޔަކު ތައުރީފު!

މިއަދު ސޯޝަލް މީޑިއާގައި އާންމުވި ސީސީޓީވީ ފުޓޭޖުތަކެއް އެއްކޮށްގެން ހަދާފައިވާ ވީޑިއޯ ކްލިޕަކުން ފެންނަނީ ވަގަކު އަތުލަން ފުލުހަކު ދުވާތަކެވެ. ފުލުސް މީހާ އާއި ފިލަށް ވަގުކަލޭގެ ދުވަމުން ދިޔައީ ވަރަށ...

22 Mar 2022 | 09:29

މިއަދު ސޯޝަލް މީޑިއާގައި އާންމުވި ސީސީޓީވީ ފުޓޭޖުތަކެއް އެއްކޮށްގެން ހަދާފައިވާ ވީޑިއޯ ކްލިޕަކުން ފެންނަނީ ވަގަކު އަތުލަން ފުލުހަކު ދުވާތަކެވެ.

ފުލުސް މީހާ އާއި ފިލަށް ވަގުކަލޭގެ ދުވަމުން ދިޔައީ ވަރަށް ބާރަށެވެ. އޭނާ ފަހަތުން ފުލުސް މީހާ ދުވާކަން އެނގޭތީ ދުވަމުން ގޮސް އޭނާ ވަނީ ގެއެއްގެ ތެރެއަށެވެ

ދެން ފެންނަނީ އެގޭ ސިޑިން ވަރަށް ބާރަަަށް ފިލަން ދުވި މީހާ އަރަމުންދާތަނެކެވެ. ކޮންމެ ފަންގިފިލާއެއްގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާގެ ފުޓޭޖުތަކުން އެމީހާ ދުވެފައި އަރާ ބާރު މިނާއި އޭނާ ފަހަތުން ފުލުސް މީހާ ސިޑިން ދުވެފައި އަރާތަން ފެނެ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ހަތަރުވަކަށް ފަންގިފިލާއަށް އަރާއިރު އެމީހާ ހުންނަނީ ވަރުބަލިވެފައިވެ އެވެ. އަދި ފުލުސް މީހާ އޭނާ ފަހަތުން އަރަމުން ދިޔަނަމަވެސް ވަރަށް ބޮޑަށް ވަރުބަލިވެފައި ހުރިކަން ހަރަކާތްތަކުން އިނގެ އެވެ.

ފުލުސްމީހާގެ މަސައްކަތް ކާމިޔާބުކޮށް ހުއްޓާލީ ފިލަން ދުވި މީހާ ވަރުބަލިވެގެން ފަންގިފިލާއަކަށް އަރައި މަޑުކޮށްލާތަނުންވެ. އެ ހިސާބުން އަތުގައި ހިފާ ދަމާފައި ތިރިއަށް ގެންގޮސް ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންދެ އެވެ.

https://twitter.com/MvCrisis/status/1506138250099920899

ފުލުހުންގެ މީޑިއާއިން ބުނީ މި ހާދިސާ ހިނގީ އިއްޔެ ކަމަށެވެ. އެމީހާ އަކީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޮށިގަނޑެއް ހިފައިގެން އުޅުނު ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ފަހަތުން ދުވަން ޖެހުނީ ޕެޓްރޯލް ކުރަން އުޅުނު ފުލުހުން މަޑު ކުރަން އެންގުމުން މަޑުނުކޮށް ފިލަން ދުއްވައި ގަތުމުން ކަމަށެވެ.

މި ވީޑިއޯއަށް ކޮމެންޓު ކުރި ގިނަ މީހުން ވަނީ ފުލުސް މީހާ ވަރުބަލިވެގެން ކުރި ބުރަ މަސައްކަތަށް ތައުރީފުކޮށްފަ އެވެ. އަނެއް ބަޔަކު ވަނީ އެމީހާ އަތުލައިގެންނަން ފުލުސް މީހާ ކުރި މަސައްކަތް ފެންނަ ވީޑިއޯ މަޖާވެގެން އެ ވާހަކަ ދައްކާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް