ބޮލީވުޑް ބަތޮލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
މަޝްހޫރު މި ބަތޮލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ހައިޑްއަވޭ ބީސް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގައެވެ. ޗުއްޓީއަށް ސަނީ ރާއްޖައައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތްކޮށްފައިވާ މި ބަތަލާ މިފަހަރުވެސް ރާއްޖެ އައިސްފައިވަނީ އެކަންޏެވެ. ސަނީގެ މި ޗުއްޓީގައި މި މަހުގެ 26 އާއި ހަމައަށް ރާއްޖޭގައި މަޑުކުރާނެއެވެ.
2012 ވަނަ އަހަރު ޖިސްމު ދެއަކުން ބޮލީވުޑް ކެރިއަށް ފެށި ސަނީ މިހާތަނަށް 29 ފިލްމެއް ކުޅެފައިވެއެވެ. ހަތް ފިލްމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް