ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ނޮލެޖު ބުކްޝޮޕުގައި ތަމްރީނު ވުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނޮލެޖް ބުކްޝޮޕް އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ގުޅިގެ...

22 Mar 2022 | 06:48

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނޮލެޖް ބުކްޝޮޕް އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނު ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ނޮލެޖު ބުކްޝޮޕްގެ ފަރާތުން ކޭޝިއަރިންގ އަދި ރީޓެއިލް ސާވިސަސްގެ ދާއިރާއިން ތަމްރީނު ކުރުމަށް ޖުމްލަ ހަތަރު ފުރުސަތު ދިނުމަށް ނިންމާފައިވެއެވެ. އެގޮތުން އެ ފުރުސަތަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.

ނޮލެޖު ބުކްޝޮޕްގައި ތަމްރީނުވާ ބައިވެރިންނަށް އެލަވެންސެއްްގެ ގޮތުގައި މަހަކު ފަސް ހާސް ރުފިޔާ ދިނުމަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ 1456 ގުޅައިގެން ނުވަތަ ޔޫތު މިނިސްޓްރީއަށް މެއިލް ކޮށްގެން މަޢުލޫމާތު ސާފުކުރެވޭނެ އިންްތިޒާމު ހަަމަޖައްސާފައި ވެއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ޤައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ވެސް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް