މާވަށު ދާއިރާގެ މެންބަރު ގަވާއިދަށް އިހުތިރާމުކުރުމަށް ނަޝީދު ގޮވާލައިފި

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް މަޖިލީހުގެ ގަވާއިދަށް އިހުތިރާމުކުރުމަށް ނަސޭހަތްތެރިވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލާ ސައީދުގެ ނަން އިއްވައިފިއެވެ. ހިނގަމުން މިދާ ރައްޔިތ...

22 Mar 2022 | 06:14

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް މަޖިލީހުގެ ގަވާއިދަށް އިހުތިރާމުކުރުމަށް ނަސޭހަތްތެރިވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލާ ސައީދުގެ ނަން އިއްވައިފިއެވެ.

ހިނގަމުން މިދާ ރައްޔިތުން މަޖިލީހުގެ 19 ވަނަ މަޖިލީހުގެ 21 ވަނަ ޖަލްސާގައި ސައީދަށް ނަންއިއްވާފައިވަނީ މަޖިލީހުގައި ނައިފަރު ދާއިރާގެ މެންބަރު ހުށަހެޅުއްވި ގަރާރަކަށް ބަހުސް ކުރައްވަމުން ސައީދު ދެއްކެވި ވާހަކަ އަކާއި ގުޅިގެނެވެ.

މިއަދުގެ މަޖިލީހުގައި ސައީދުވަނީ އުތުރުގައި ހަތިޔާރު ގުދަން ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. މިކަމާ ގުޅޭގޮތުން ސައީދުވިދާޅުވީ އުތުރުގައި ހަތިޔާރު ގުދަން ކުރުމުގެ މަޝްރޫއަކީ މި ސަރުކާރުން ހިންގަމުން އައިކަމެއް ކަމަށް ވިދާޅުވެފައެވެ.

ސައީދުގެ މި ތުހުމަތާ ގުޅިގެން ނަޝީދުވަނީ ހަތިޔާރު ގުދަން ކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައި އޮތީ ނިމިދިޔަ ރައީސް ޔާމީނުގެ ސަރުކާރުން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ނަޝީދުގެ ވަހަކަތައް ދޮގުކޮށް ސައީދު ވަނީ ނަޝީދުގެ ވަހާކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް ތަކުރާރުކޮށް  ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ގިނަ މެންބަރުވަނީ ނިޒާމީނުކުތާ ނަގާ ސައީދުގެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި އެކަމާ ގުޅޭ އެގްރީމެންޓް މަޖިލިހުގެ ތަޅުމަށް ގެނައުމަށް ނަޝީދުގެ އަރުހުން މެންބަރުން ވަނީ އެދިފައެވެ.

ސައީދުގެ ވާހަކައިގައި ގިނަ މެނބަރުން ނިޒާމީނުކުތާ ނެގުމާއި ގުޅިގެން ސައީދުވަނި އޭނާ އަށް މި މައުލޫއަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް އެދިފައެވެ.

ނަޝީދު ވަނީ ސައީދުގެ އަރިހުން ނަޝީދުގެ ބޮލުގައި އެޅުވި ދޮގު ތުހުމަތު އަނބުރާ ގެންދެވީތޯ ސުވާލު ކޮށްފައެވެ. ނަމަވެސް އެ ވާހަކަތައް އަނބުރާ ނުގެންދަވާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި ނަޝީދު އަކީ އަބަދުވެސް މަޖިލީހުގައާއި ރައްޔިތުގެ އަރިހުގައިވެސް އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށް ސައީދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ނަޝީދުވަނީ ސާއީދުގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުގައި ގަވާއިދަށް އިހުތިރާމުކުރުމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް