ބޮލީވުޑް ދެ ބަތަލާއިން ކަމުގައިވާ ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައުމަށްފަހު އަނބުރާ ދިޔައިރު ނިދާ ހެދުމުގައި ތިބި ތިބުން މީޑިއާގެ ސަމާލުކަމަށް ވަރަށް ބޮޑަށް އައިސްފައިވެއެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ފާއިތުވި ދެތިން ދުވަހު ވަރަށް ހޫނު މައުލޫއެއްގެ ގޮތުގައި މި މައުލޫ ކުރިއަށްގެންގޮސްފައިވާއިރު މި ދެ ތަރިންގެ ނިދާ ހެދުމުގެ އަގާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ.
މި ސުވާލުގެ ޖަވާބު މިހާރު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު ބުނެފައިވަނީ ކަރީނާ ލައިގެން ހުރި ނިދާ ހެދުމަކީ ލަގްޒަރީ ފެޝަން ހައުސް، ޑިއޯ ބްރޭންޑްގެ ނިދާހެދުމެއް ކަމަށެވެ. ހަރުވާޅުގެ އަގަކީ 1300 ޕައުންޑް ކަމަށެވެ. ގަމީހުގެ އަގަކީ ވެސް 1300 ޕައުންޑް ކަމަށެވެ. އަގު އެއްކޮށްލުމުން 2600 ޕައުންޑް، އިންޑިއާ ރުޕީސްއިން ބަލާއިރު ގާތްގަނޑަކަށް ދެ ލައްކަ 60 ހާހަށް އަރައެވެ.
އަނެއްކޮޅުން ކަރިޝްމާ ކަޕޫރު ލައިގެން ހުރި ނިދާ ހެދުމުގެ އަގާއި ބްރޭންޑްވެސް ހާމަކޮށްފައިވެއެވެ.
އެގޮތުން ކަރިޝްމާގެ ނިދާ ހެދުމަކީ މާރިޔޯ ބްރޭންޑްގެ ނިދާ ހެދުމެއް ކަމަށާއި ހަރުވާޅުގެ އަގަކީ 6490 ރުޕީސް ކަމަށާއި މަތީގެ އަގަކީ 6890 ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން ކަރިޝްމާގެ ނިދާހެދުމުގެ ޖުމްލަ އަގަކީ 13380 ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް