މެރިޓައިމް ޕެޓްރޯލް ކަންކަމުގައި އޮސްޓްރޭލިއާއަށް އެހީވުމަށް އިންޑިއާގެ މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެއް އޮސްޓްރޭލިއާގައި ބާއްވަން ދެ ގައުމުން އެއްބަސްވެއްޖެއެވެ.
މިގޮތަށް މި ދެ ގައުމުން އެއްބަސްވެފައިމިވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ދެމެދު އިއްޔެ ކުރިއަށްދިޔަ އޮންލައިން ބައްދަލުވުމުގައެވެ.
މިހާރުވެސް އިންޑިއާއަށް ނިިސްބަތްވާ ހަތް ލައްކައަށްވުރެ ގިނަ މީހުން އެކި ކަންކަމުގައި އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނައިރު އިންޑިއާގެ ޑިފެންސް ފްރަންޓުން މެރިޓައިމް ޕެޓްރޯލަށް އެއާކްރާފްޓެއް ޑިޕްލޯއި ކުރުމަށް އެއްބަސްވެފައިވެއެވެ. މި އެއާކްރާފްޓް އޮންނާނީވެސް އަދި ހަރަކާތްތެރިވާނީވެސް އިންޑިއާގެ ޑިފެންސް ފްރަންޓްގެ ބެލުމުގެ ދަށުން އޮސްޓްރޭލިއާގައި ކަމަށްވެސް އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
މީގެ އިތުރުންވެސް ދެ ގައުމަށް ފައިދާވާނެ ގިނަ ނިންމުންތަކެއް އިއްޔެގެ އެ ބައްދަލުވުމުގައި ނިމިގެންދިޔަކަމަށް އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް