މީރާ އުފެއްދީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާކަށް ނޫން: ރައީސް ނަޝީދު

މީރާ އުފެއްދީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން ނޫން ކަމަށާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދް މުހައްމަދު ޖަވާބުދާރީ ކުރުވާނެކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވ...

22 Mar 2017 | 18:08

މީރާ އުފެއްދީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން ނޫން ކަމަށާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދް މުހައްމަދު ޖަވާބުދާރީ ކުރުވާނެކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ގާސިމް އިބްރާހީމްގެ ވިލާ ޝިޕިންގެ އެކައުންޓްތަކާއި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއަރސް ގެ އެކައުންޓްތައް ފްރީޒް ކޮށްފައިވާއިރު މިކަންކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ހަމަ މިކަމާއި ގުޅިގެން ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރު ސިޔާސީ ގޮތުން ތާށިވާ ކޮންމެ ވަގުތަކު ވިޔަފާރިވެރިންގެ އެކައުންޓްތައް ފްރީޒް ކުރުމުން މީރާގެ އަމަލަކީ ސިޔާސީ ކަމެއްކަން ސާފުވާކަމުގައި ވިދާޅުވެފައި ވެ އެވެ.

މި މޭރުމުން ރައީސް ނަޝީދު މިރޭ ޓްވީޓް ކުރައްވާފައިވާއިރު މީރާ އުފެއްދެވީ އެމަނިކުފާނުގެ ސަރުކާރުގައިކަން ފާހަގަކުރެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް