މީގެ ފަހުން ރޭގަނޑު 11 ގެ ފަހުން މުޒާހަރާގައި އަޑުގަދަ ކުރާ ބޭނުމެއް ނުކުރެވޭނެ

ރޭގަނޑު 11 ގެ ފަހުން މުޒާހަރާތަކުގައި އަޑުގަދަ ކުރާ ސިސްޓަމް ބޭނުންކޮށްގެން އަޑުގަދަ ނުކުރެވޭނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަ...

22 Mar 2015 | 09:55

ރޭގަނޑު 11 ގެ ފަހުން މުޒާހަރާތަކުގައި އަޑުގަދަ ކުރާ ސިސްޓަމް ބޭނުންކޮށްގެން އަޑުގަދަ ނުކުރެވޭނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އާންމު ރައްޔިތުންނަށް އަރާމު ނިންޖެއް ހޯދައިދިނުމަށް ޓަކައި ރޭގަނޑު 11:00 އިން ފެށިގެން މުޒާހަރާތަކުގައި އަޑުގަދަ ކުރާ ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އެ ގަޑީގެ ފަހުން އަޑުގަދަ ކުރާ ބޭނުން ކުރުން ހުއްޓާލަން އަންގަން ފެށުމަށް ފުލުހުންނަށް އަންގާ ކަމަށެވެ.

https://twitter.com/UmarNaseerPPM/status/579578145692487680

މީގެ ކުރިން 2010 ވަނަ އަހަރުން ފެށިގެން ހަމަޖައްސާފައި އޮންނަނީ ރޭގަނޑު 12:00 ގެ ފަހުން މުޒާހަރާތަކުގައި އަޑުގަދަ ކުރާ ބޭނުންކޮށްގެން އަޑުގަދަ ނުކުރެވޭނެ ކަމަށެވެ. އަދި މުޒާހަރާ ކުރަމުންދާނަމަ 12 ޖަހަން ފަސް މިނިޓަށް ވުމުން ފުލުހުން އަޑުގަދަ ކުރާ ބޭނުން ކުރެވޭ ގަޑި ނިމޭކަން ހަނދާން ކޮށްދިނުމަށް ފަހު 12 ޖެހުމުން ސިސްޓަމް ނިއްވާލުމަށް އަންގައެވެ. އަދި ނިއްވާ ނުލައިފި ނަމަ އެ އަޑުގަދަ ކުރާ ސިސްޓަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެއެވެ.

މިހާރު މާލެ ތެރޭގައި ކުރާ ސިލްސިލާ މުޒާހަރާތަކާއި އެއްވުންތައް ހުއްޓުވުމަށް މިނިސްޓަރު އުމަރު ގެންދަވަނީ ތަފާތު ޓުވީޓުތައް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު އިދިކޮޅު އެމްޑީޕީން އިސްލާމީ މަރުކަޒު ބޭރުގައި ކުރި ދުއާ އަކާއި ގުޅީގެން މިނިސްޓަރު ވަނީ ސިޔާސީ އެފަދަ ދުއާތައް ކުރުމަށް މިސްކިތްތައް ބޭނުން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް މިނިސްޓަރަށް އަމާޒުވެގެން ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް