ނާޒިމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާޢްވަން ކްރިމިނަލް ކޯޓޫން ހަމަޖައްސައިފި އެވެ. މާދަމާ ޝަރީއަތުގެ އަޑުއެހުން ބ...

22 Mar 2015 | 09:03

ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާޢްވަން ކްރިމިނަލް ކޯޓޫން ހަމަޖައްސައިފި އެވެ.

މާދަމާ ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 ގަ އެވެ. މާދަމާ ބޭއްވުމަށް ހަމެޖެހިފައިވާ އަޑުއެހުމުގައި އޮންނާނީ ނާޒިމްގެ ފަރާތުން ދިފާއުގައި ހުށަހެޅި ބައެއް ހެކިންގެ ހެކިބަސް ނެގުމެވެ. ނާޒިމްގެ ފަރާތުން ދިފާއުގައި 50 ވަރަކަށް މީހުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ނާޒިމްގެ މައްސަލާގައި އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ އޭނާގެ ކޮޓަރިން ފެނުނުކަމަށް ބުނާ ފިސްތޯލަ އާއި ތިން ވަޒަނުގެ އިތުރުން މެގަޒިން ޝަރީއަތުގެ މަޖިލީހަށް ގެނެސް ދައްކާލައިފަ އެވެ. އަދި ދައުލަތުގެ ފަރާތުން ވަނީ ފޮޓޯ ހެކިވެސް ހުށަހަޅާފައެވެ.

ނާޒިމްގެ ގެއިން ފެނުނު ކަމަށް ފުލުހުން ބުނާ ވަޒަނަކީ ބޭނުންކުރެވޭނެ އެއްޗެއް ކަން ބުނަން ނޭގޭ ކަމަށް އެގެއިން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރާއި ވަޒަނުގެ އެނަލިސިސް ރިޕޯޓް ހެދި އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް މުހައްމަދު ނަޒީމް ވަނީ އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ބުނެފަ އެވެ.

ނާޒިމްގެ ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ހުރުމުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެމަނިކުފާން ވަނީ އި ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. ނަމަވެސް އެކަމާއި މެދު ފަނޑިޔާރުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ގޭގައި ބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް