ޖެންޑާ މިނިސްޓްރީގެ ނައިބުކަމުން ޝިދާތާ އިސްތިއުފާ ދެއްވައިފި

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. މަގާމުން އިސްތިއުފާ ދެއްވިކަން ސިދާތާ އިއުލާނުކުރެއްވީ އަދާލަތު ޕާޓީން މިއަދު...

22 Mar 2015 | 07:11

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވިކަން ސިދާތާ އިއުލާނުކުރެއްވީ އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިދާތާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ނިންމުންތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.

ސިދާތާއަކީ އަދާލަތު ޕާޓީގެ މެމްބަރެކެވެ. މަގާމުން ސިދާތާ އިސްތިއުފާ ދެއްވާފައިވާއިރު އަދާލަތު ޕާޓީން ވަނީ ސަރުކާރާ ގުޅިގެން އިތުރަށް މަސައްކަތް ނުކުރުމަށް ދާދިފަހުން ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް