ހާބަރު ސަރަހައްދުގައި ހުންނަ ކެފޭއަކަށް ރޭ ފަތިހު ބަޔަކު ވަދެ، ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާބަރު ސަރަހައްދުގައި ހުންނަ، "ޅިޔަނު" ކެފޭއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ފަތިސްވަގުތު ވަދެ އެ ކެފޭގައި މަސައްކަތް ކުރާ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެ ހަމަލާ ދީފައި ވަނީ އެ ބިދޭސީ މީހާގެ މެއަށް ކަމަށާއި ޒަހަމްތަކުގެ ސަބަބުން އޭނާ ހޮސްޕިޓަކަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ.
"ޅިޔަނު ކެފޭ"އަށް ބަޔަކު ވަދެ ބިދޭސީއަކު މަރާލާފައިވާއިރު މިދިޔަ އަހަރުވެސް އެ ކެފޭއަށް ބަޔަކު ވަދެ ބިދޭސީއަކަށް ހަމަލާދީ އެކެފޭގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް