އެޕަށް ދިމާވި މައްސަލަ ހައްލު ކުރެވިއްޖެ: ސްޓެލްކޯ

ސްޓެލްކޯގެ އޮންލައިން ޕޯޓަލްއަށް ސައިބަރ ހަމަލާތަކެއް އަމާޒުވެ، ވަގުތީގޮތުން ހިދުމަތް މެދުކެނޑުނު ނަމަވެސް، އެ މައްސަލަ މިހާރު ވަނީ ރަނގަޅުކޮށްފައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ރަމަޟާން މަހަށް ސަރު...

22 Feb 2025 | 18:00

ސްޓެލްކޯގެ އޮންލައިން ޕޯޓަލްއަށް ސައިބަރ ހަމަލާތަކެއް އަމާޒުވެ، ވަގުތީގޮތުން ހިދުމަތް މެދުކެނޑުނު ނަމަވެސް، އެ މައްސަލަ މިހާރު ވަނީ ރަނގަޅުކޮށްފައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ރަމަޟާން މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ބެހުމަށް މާލެ ސަރަހައްދުގައި ބޭނުންކުރުމަށް ތައްޔާރުކުރި "ރޯދަ ހަދިޔާ ޕޯޓަލް" މިއަދު ހަވީރު 6:00 ގައި ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް، ކުޑައިރުކޮޅެއްގެ ތެރޭގައި، މި ޕޯޓަލްގައި ބޭނުންކުރަންޖެހޭ ސްޓެލްކޯގެ އެޕްލިކޭޝަން ހިދުމަތް ހުއްޓުމަކަށް އައެވެ.

ސްޓެލްކޯއިން މައުލޫމާތު ދިންގޮތުގައި، މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށުމާއެކު، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ޑީޑޮސް ހަމަލާއެއް އަމާޒުވެގެންދިޔައެވެ.

އެހެންނަމަވެސް، އެ ހަމަލާތައް މިހާރުވަނީ ކާމިޔާބުކަމާއެކު ކޮންޓްރޯލު ކުރެވި އަދި އެޕްލިކޭޝަންގެ ހިދުމަތްތައް އަނބުރާ ފޯރުކޮށްދެވެން ފެށިފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް