އުމުރުން ދުވަސް ވިޔަސް ފެންނަ ފެނުމަށް މުސްކުޅި ނުވާ މީހެއް

މިއީ ސިންގަޕޫރުގެ ރައްޔިތެއް ކަމުގައިވާ އުމުރުން 41 އަހަރުގެ ޖެރެމީ ޗިއޯންގ ނަމަކަށް ކިޔާ މީހެއްގެ ވާހަކަ އެވެ. ޖެރެމީގެ ވާހަކަ ބައިނަލްއަގްވާމީ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯދީ ނިމިދިޔަ އަހަރު ފަ...

22 Feb 2025 | 07:28

މިއީ ސިންގަޕޫރުގެ ރައްޔިތެއް ކަމުގައިވާ އުމުރުން 41 އަހަރުގެ ޖެރެމީ ޗިއޯންގ ނަމަކަށް ކިޔާ މީހެއްގެ ވާހަކަ އެވެ.

ޖެރެމީގެ ވާހަކަ ބައިނަލްއަގްވާމީ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯދީ ނިމިދިޔަ އަހަރު ފަހުކޮޅު އޭނާ ތަޢުލީމު ހާސިލުކުރި ސެކަންޑަރީ ސްކޫލުގެ ޔޫނިއަން އަކަށް ދިޔަ ހިސާބުންނެވެ. އެ ރީޔޫނިއަންގައި އޭނާގެ ކްލާސްމޭޓުންގެ ތެރެއިން ބައެއް މީހުންގެ މޫނުގައި ރޫ ޖެހި މުސްކުޅި ވުމުގެ އަސަރުތައް ފެންނަން ހުރި އިރު އެ ކްލާސްމޭޓުންގެ ތެރެއިން ޖެރެމީ ފެންނަނީ އެއިން ކްލާސްމޭޓެއްގެ ދަރިއެއްގެ ސިފައިގައެވެ. ބޮލުގަ ނުރައެއް މޫނުގަ ރުލެއް ފެންނާކަށް ނެތެވެ. ބަލާ ބެލުމަށް ހީވަނީ އުމުރުން ވިހީގެ އަހަރުތައް ގުނަމުން އަންނަ ޒުވާނެއް ހެންނެވެ.

ސިންގަޕޫރުގެ ނޫހަކަށް އިއްޔެ ދިން އިންޓަވިއުއެއްގައި ޖެރެމީ ބުނެފައިވަނީ އޭނާއަށް އެ ބަދަލު އަންނަކަން ފާހަގަވީ އުމުރުން 20ގެ އަހަރުތަކުގައި ހަށިގަނޑަށް އަންނަން ފެށި ބަދަލުތަކެއްގެ ސަބަބުން ހެދި ޓެސްޓްތަކަކުންނެވެ.

ޖެރެމީއަށް ދިމާވެފައިވާ ހާލަތަކީ ހައިޕޯޕިޓިއުޓެރިޒަމް ކިޔާ ހާލަތަކެވެ. އެ ހާލަތުގެ ސަބަބުން އޭނާގެ ހަށިގަނޑުގައި ކޯޓިސޯލް އުފައްދިދިނުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެ ހާލަތުގެ ސަބަބުން އޭނާ ފެންނަ ފެނުމަށް މުސްކުޅި ވާކަމަށް ނުފެނުނު ނަމަވެސް ހަށިގަނޑަށް ބޭނުންވާ އެ މާއްދާ އާއި އެ މާއްދާއާއި ގުޅުންހުރި އެހެނިހެން ފައިދާތަށް ލިބުމަށް އޭނާއަށް ޖެހިފައިވަނީ މުޅި އުމުރު ސްޓެރޮއިޑްސް ބޭނުން ކުރަމުން ގެންދާށެވެ.

ޖެރެމީ ބުނެފައިވަނީ މިހާރުވެސް ދަންނަ، ފެންނަ މީހުން އޭނާއަށް މުހާތަބު ކުރަނީ "ބޭބީ" ކިޔާފައި ކަމަށާއި އުމުރުން ދުވަސްވާކަން ދައްކަން ތުނބުޅި މަތިމަސް ބަހައްޓަންވެސް ބައެއް ފަހަރު މަސައްކަތް ކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް