ޣައްޒާ އާރާސްތު ކުރުމަށް އަރަބި ޤައުމުތަކުން ގުޅިގެން ޕްލޭނެއް އެކުލަވައިލަނީ

އިސްރާއީލު ހަމަލަތަކުގައި ވީރާނާ ކޮށްލާފައިވާ ޣައްޒާ އާރާސްތު ކުރުމަށް އަރަބި ޤައުމުތަކުން ގުޅިގެން ޕްލޭނެއް އެކުލަވައިލަން ނިންމާފައިވާކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އިއްޔެ ސައޫދީ އަރަބ...

22 Feb 2025 | 06:59

އިސްރާއީލު ހަމަލަތަކުގައި ވީރާނާ ކޮށްލާފައިވާ ޣައްޒާ އާރާސްތު ކުރުމަށް އަރަބި ޤައުމުތަކުން ގުޅިގެން ޕްލޭނެއް އެކުލަވައިލަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިއްޔެ ސައޫދީ އަރަބިއްޔާގެ ރިޔާޛުގައި ބޭއްވި އަރަބި ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމެއްގައެވެ. އެ ޕްލޭން ވެގެންދާނީ ޣައްޒާ އާ ހަވާލުވެ ޣައްޒާގެ ރައްޔިތުން އެ ބިމުން ބޭރުކޮށް ޢައްޒާ އާރާސްތުކުރާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފައިވާ ޕްލޭނާ ދެކޮޅަށް އަރަބި ޤައުމުތަކުން ގުޅިގެން އެކުލަވައިލާ ޕްލޭނަކަށް ކަމުގައި ބުނެފައިވެއެވެ.

ސައޫދީ ވަލީއަޙުދު މުޙައްމަދު ބުނު ސަލްމާނުގެ ދަޢުވަތަކަށް އިއްޔެ ރިޔާޛުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި އުރުދުންގެ ރަސްގެފާނު އަބްދުﷲ، ދެވަނަ، މިސްރުގެ ރައީސް އަބްދެލް ފައްތާހް އެލް-ސީސީ، ޤަތަރުގެ އަމީރު ތަމީމް ބުނު ހަމަދް އަލް ޘާނީ، އެކުވެރި އަރަބި އިމާރާތުގެ ރައީސް ސައިޚް މުޙައްމަދު ބުނު ޒައިދު އަލް ނަހްޔާން، ކުވޭތުގެ އަމީރު ޝައިޚް މެޝާލް އަލް-އަޙްމަދު އަލް ސަބާހް އަދި ބަހްރޭނުގެ ވަލީއަޙުދު ސަލްމާން ބިން ހަމަދު އަލް ޚަލީފާ ބައިވެރިވެވަޑައިގެންނެވިއެވެ.

އަރަބި ޤައުމުތަކުން ގުޅިގެން އެކުލަވައިލާ ޕްލޭން އަންނަ މާރިޗް މަހުގެ ހަތަރެއްގެ ކުރިން ހާމަކުރާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް