ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމަށް އަދާލަތުން ނިންމި ނިންމުމަށް އެމަނިކުފާނު މަރުހަބާ ދަންނަވައިފިއެވެ.
އެގޮތުން ރައީސް ސޯލިހް މިރޭ ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން އެމްޑީޕީއާއި ގުޅިގެން ކުރިއަށްދިއުމަށް ނިންމި ނިންމުމަށް މަރުހަބާ އާއި ޝުކުރު ދަންނަވާކަމަށެވެ.
"އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އަޅުގަނޑުމެން އެންމެން އެކީ ގުޅިގެން ކުރިއަށްދިއުން" ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.
https://twitter.com/ibusolih/status/1628412578774016000
އަދާލަތު ޕާޓީން މިރޭ ބުނެފައިވަނީ އެ ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިޤުރާރުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް