ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުހައްމަދު (ސަން ޝިޔާމް) ނިންމަވައިފިއެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް މިގޮތަށް ނިންމެވިކަން އެ ޕާޓީގެ ކައުންސިލަށް މިއަދު ޝިޔާމް ވަނީ އަންގަވާފައެވެ.
މިއާއެކު އެ ޕާޓީން މިއަދު ނިންމާފައިވަނީ ރިޔާސީ އިންތިހާބުގައި ކޯލީޝަނެއް ހެދުމަށެވެ. އެހެން ނަމަވެސް ކޯލީޝަން ހަދާނީ ކޮން ޕާޓީއަކާއެކުކަން އަދި ނިންމާފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ޝިޔާމް ނިންމަވާފައިވާއިރު މި ފަހުން ޝިޔާމް ވަނީ ރައީސް ސޯލިހާއި ބައްދަލުކުރައްވާފައެވެ. އެހެންނަމަވެސް އެ ބައްދަލުކުރެއްވުމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ރައީސް ސޯލިހްގެ ފަރާތްޕުޅުންވެސް އަދި ޝިޔާމްގެ ފަރާތްޕުޅުންވެސް ހާމަކޮށްފައެއް ނުވެއެވެ.
އެޑިޓަރުގެ ނޯޓް:
މިރޭ މި ނޫހުން ޝާއިޢުކުރި ޚަބަރެއްގައި އެމްޑީއޭގެ ލީޑަރު، އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވި ކަމަށް ރިޕޯޓް ކުރެވިފައިވާނެއެވެ. އެ ރިޕޯޓް އެ މަގުން ކުރެވުނީ ލިބުނު ކުށް މައުލޫމާތަކަށް ބިނާކޮށެވެ. އެ ލިޔުން މިހާރު ވާނީ ނޫހުން ނަގާފައެވެ. އަދި މިކަމަށް އެ ޕާޓީއާއި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް