މީހެއްގެ އެކައުންޓުން އެއް މިލިއަން ރުފިޔާ ގެއްލުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
އޮންލައިން ނޫުސް "ރަސް" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެ އިން ބޭރުގައި ހުރި ދިވެހި ވިޔަފާރިވެރިއެއްގެ އެކައުންޓުން އެއްމިލިއަން ރުފިޔާގެ ސްކޭމެއް ހިންގައި އެކައުންޓް ހުސްކޮށްލީ އެތައް ބައެއްގެ އެކައުންޓަށް ޓްރާންސްފާކޮށް މާލޭގެ ގިނަ ފިހާރަތަކަކުން ވިޔަފާރި ކޮށް ގެންނެވެ. 25،000 ރުފިޔާ އާއި އަދި އެ ނޫން ބޮޑެތި އަދަދުތަކުން ފައިސާ އެކި އެކައުންޓްތަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެނޫހުން ބުނެފައިވެ އެވެ.
ބީއެމްއެލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ނޫހުގައި ޝާއިއުކޮށްފައި ވަނީ ދޮގު މައުލޫމާތު ކަމަށެވެ. ބޭންކުން އެދެނީ މީޑިއާ އިން ޒިންމާދާރުކަމާއެކު ޚަބަރު ގެނެސްދިނުމަށް ކަމަށް ވެސް އެދިފައި ވެއެވެ.
މިފަދަ ވާހަކައެއް ރިޕޯޓުކޮށްފައިވަނީ ކިއުއާރު ކޯޑު ބޭނުންކޮށްގެން ގިނަ ބައެއްގެ އެކައުންޓުތަކުން ފައިސާ ބޭނުން ކުރަމުންދާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
ބީއެމްއެލްއިން ވަނީ މި މައްސަލަ ހައްލު ކުރުމަށް ދުވާލަކު ކިއުއާރު ކޯޑު ބޭނުން ކޮށްގެން ކުރެވޭ މުއާމަލާތްތަކުގެ އަދަދު 750 ރުފިޔާއަށް ލިމިޓުކޮށްފައި އެވެ. އަދި 10 ފަހަރު ނޫނީ ދުވާލަކު ކިއުއާރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށްވެސް ވަނީ ހަދާފައި އެވެ.
އަދި އިއްޔެ ފުލުހުން ވަނީ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ދެ ލައްކައަށްވުރެ ރުފިޔާގެ މުދާ ގަތް މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް