ދިރާގު ލާމު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ ފަށަނީ!

ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަން ފަށާނެ އެވެ. ހަ އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި 13 ސްކޫލަކުން 400 އަށް ވުރެ ގިނަ ކުދިން 48 އިވެންޓުގައި ބައިވެރިވާނެއެ...

22 Feb 2023 | 09:05

ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަން ފަށާނެ އެވެ.

ހަ އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި 13 ސްކޫލަކުން 400 އަށް ވުރެ ގިނަ ކުދިން 48 އިވެންޓުގައި ބައިވެރިވާނެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އޭ.އޭ.އެމް) އިން ކުރިއަށްގެންދާ މި އިވެންޓުގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރއަކީ ދިރާގެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 އިން 26 ފެބުރުވަރީ 2023 ގެ ނިޔަލަށް ލ. ގަމުގައެވެ.

ދިރާގަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ޑިޖިޓަލް ޕާޓްނަރެވެ.

މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން ދަނީ އެ އެސޯސިއޭޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށާއި ރާއްޖޭގައި އައު ޖީލެއްގެ އެތުލީޓުން އުފެއްދުމަށް މަގުފަހިކޮށް އެހީތެރިވެދެމުންނެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް