ހަށިވިއްކި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފި

ހަށިވިއްކި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެމީހުން ހައްޔަރު ކުރީ މާލޭ ރޯޅި ކިޔާ ގެސްޓު ހައުސްއަކުން ކަ...

22 Feb 2023 | 07:12

ހަށިވިއްކި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެމީހުން ހައްޔަރު ކުރީ މާލޭ ރޯޅި ކިޔާ ގެސްޓު ހައުސްއަކުން ކަމަށެވެ. އެ އޮޕަރޭޝަން ހިންގީ ރޭގައި އެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ43 އަހަރުގެ ދިވެހި ފިރިހެނަކާއި43 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. ދެން ހައްޔަރު ކުރީ31 އަހަރުގެ ބިދޭސީ އަންހެނަކާއި36 އަހަރުގެ ބިދޭސީ އަންހެނެކެވެ.

މީގެ ތެރެއިން ދިވެހި ފިރިހެން މީހާ އާއި އެއް ބިދޭސީ އަންހެނަކު ހައްޔަރު ކުރީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގިނަ ދުވަސްތަކަކަށް ފަހު ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފައި މިވަނީ ވަރަށް ހާމަކަން ބޮޑުގޮތެއްގައި މާލެ އާއި ހުޅުމާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނެ އެކަން ނުހުއްޓުވާތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް