ގާޒީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ކަނޑައަޅައިފި

ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއިލްގެ އާއި ގުޅިގެން ބެލި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފި އެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައ...

22 Feb 2023 | 06:08

ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއިލްގެ އާއި ގުޅިގެން ބެލި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ  22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން  ކޮމިޝަނަށް ހުށަހެޅުނު 2021/21 ނަންބަރު ޝަކުވާއާ ގުޅިގެން މައްސަލަ ބަލަން ފެށީ 13 ޑިސެމްބަރު 2021 ގައި ކަމަށެވެ.

އެ މައްސަލަ ބަލާ ނިމުނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ ކޮމިޝަނުގެ ތަހުގީގުގައި ގާޒީ އަދަމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

ގާޒީ އާދަމާއި ގުޅޭގޮތުން ތަހުގީގު ކުރީ ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކުރެވޭ ސުލޫކީ މައްސަލައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް